ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސްއަށް ޕެޓިޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ފައިސާގެ ތެރެއިން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނުގައި 439 މީހުން ސޮއިކޮށްފައިވެއެވެ. ސިވިލް ސާވަންޓުންނަކީ ގައުމު ހިންގަމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ މީހުންކަމަށް ފާހަގަކޮށް ޕެޓިޝަނުގައި ބުނެފައިވަނީ ކުރާ މަސައްކަތާއި ބަލާއިރު، އެކަށީގެންވާ މުސާރައެއް ނުލިބޭކަމަށެވެ.

މިހާރު ސިވިލް ސާވަންޓުންނަށް ލިބެމުންދާ މުސާރައަކީ ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެން ސިވިލް ސާވަންޓުން ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެކަށީގެންވާ މުސާރައެއް ކަމަކަށް ގަބޫލެއް ނުކުރެވޭކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ސިވިލް ސާވަންޓުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަނީ ނޭދެވޭ އަސަރުތައް ކުރަމުންކަމަށްވެސް ޕެޓިޝަނުގައިވެއެވެ.

2013 ގައި ރާއްޖެއިން ސޮއި ކުރި އީކުއަލް ރިމިއުނޭޝަން ކޮންވެންޝަންގެ ދަށުން އުފަން ކުރުވި ނެޝަނަލް ޕޭ ކޮމިޝަނަށް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެކަށީގެންވާ ވަރުގެ ބަދަލެއް ގެނެސްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

ސިވިލް ސާވަންޓަަކަށް މިހާރު ލިބެނީ 7،000 އާއި 11،000 އާއި ދެމެދުގެ މުސާރައެކެވެ.

ވަރަށް ގަދަ
61%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 15%ހައިރާންވެއްޖެ 10%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: