ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމީޒުވެސް ސަސްޕެންޑުކޮށްފި!

ކައުންސިލު މެމްބަރު އާދަމް ރަމީޒު: ފޮޓޯ/ ސިޓީ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައެއް ބަލަމުންދާކަމަށްވުމުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ސަސްޕެންޑުކޮށްފައިވާކަމަށް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު އާއި ގާތްވުމަށް މިނިސްޓަރ ރަމީޒުގެ ކުރީގެ އަންހެނުން ޝަމްނާޒް ސިހުރު ހަދާފައިވާކަމުގެ އަޑު ރަށުތެރޭގައި ފެތުރިފައިވާއިރު، ހީނާވަނީ ރަމީޒުވެސް ސަސްޕެންޑުކޮށްފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް މީގެ ކުރިން ރައީސް ޑރ މުއިއްޒު އާއި އިންތިހާއަށް ގާތްކޮށް ފެނިގޮސްފައިވާ ރަމީޒުގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި ގުޅޭ މައުލޫމާތެއް ހިއްސާކުރައްވާފައިނުވެއެވެ.

ރަމީޒުގެ ކުރީގެ އަންހެނުން އެންވައިރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ޝަމްނާޒް ވަނީ ސިހުރު ހެދި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. ޝަމްނާޒްގެ އިތުރުންވެސް ދެ މީހަކު މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ޝަމްނާޒްއަކީ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ މުއިއްޒުގެ މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނެވި އިރު ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި މީހާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: