ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލަށް މަނާ ތަކެތި ވެއްދުމުގައި ކަރެއްކްޝަންސްގެ 18 މުވައްޒަފެއް، އެކައުންޓްތަކުގައި 73 މިލިއަން

ދާހިލީ ވުޒާރާގެ "އޮޕަރޭޝަން ކުރަނގި" ހަރަކާތުގެ އަމަލީ މަސައްކަތް ފެށުން--ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 18 އޮފިސަރުން އެހީތެރިވާ ކަމަށާއި މި މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން މިރޭ އެ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 18 މުވައްޒަފެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ހާމަކުރެއްވިއެވެ.

ނުސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި މި ޖަލު އޮފިސަރުންގެ އެކައުންޓަށް އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ފައިސާ ޖަމާކޮށްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

”އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވޭ. އެގޮތުން 24 މިލިއަން ރުފިޔާއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވޭ. މި ފައިސާ އެކައުންޓަތަކަށް ޖަމާވެފައިވަނީ ކުށުގެ ވެށީގައި ހިމެނޭ މީހުންނާއި ޖަލުގައި ތިބި ކުށްވެރިންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ އެކައުންޓްތަކުންކަން ފާހަގަކުރެވޭ. މި އޮޕަރޭޝަން ކުރިއަށްދާތީ އެންމެ ފުރިހަމަ މަޢުލޫމާތުތައް އަދި ހާމަކުރެވެން ނެތް ނަމަވެސް ކުރިއަށް ހުރި ވަގުތުތަކުގައި މަޢުލޫމާތު ލިބޭވަރަކުން މިމައްސަލައިގެ މަޢުލޫމާތުތައް މީޑިއާތަކަށް ހާމަކުރާނަން.“ ޝަރީފް ވިދާޅުވިއެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށާއި އޮފިސަރުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންނާއި، ކުށުގެ ވެށީގައި އުޅޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ މީހުން ހިމެނޭކަމަށް ޝަރީފް ވިދާޅޔވުއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޖަލުން ސުކޭމު ހިންގައިގެން ނަގާ ފައިސާއަކީ ކަރެކުޝަނުގެ މުއަްޒަފުންގެ ޖީބައް ވަންނަ ފައިސާކަމަށް އަހަރެންް ފުލުހުންނަށް ހުށައެޅި މައްސަލައެއްގައިވެސް ދެއަހަރު ކުރިން ބުނެފައި ވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: