ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު ޗައިނާގެ ރައީސްއާއި ބައްދަލު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ބައްދަލުކުރައްވައިފިއެވެ.

ޝާހިދު އެކްސްގައި ހިއްކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިވް ޕްރިންސިޕަލްސް އޮފް ޕީސްފުލް ކޯގްޒިސްޓެންސްގެ 70 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކޮންފެރެންސްގައި ދެއްވާ ހިތާބުގެ ކުރިން ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

https://x.com/abdulla_shahid/status/1806665888357376437

ހިތާބުގެ ކުރިން ޗައިނާ ރައީސް އާއި ބައްދަލު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާ ޝާހިދު ވިދާޅުވީ ޝީ ޖިންޕިންގެ ހިތާބުން އޭނާއަށް ހިތްވަރު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ތަނަވަސް ދުނިޔެއަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުން އެއްބާރުލުމާއި ވިސްނުން އިތުރުވެގެން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންސާނިއްޔަތަށް އޮތް ހަމައެކަނި ހައްލަކީ ސުލްހަވެރިކަމާއި އެކުވެރިކަންމަތީ ތިބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: