ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ޖަމީލް ނިޔާވީ ސަޖިދައިގައި އޮއްވައި، އާއިލާގެ ހުއްދަ ލިބި ޕޯސްޓްމޯޓަމް ހަދަނީ!

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ޖަލު ބަލަހައްޓަނީ - ފޮޓޯ: /މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ޝަރީއަތް ނިމެން ދެން ބަންދުގައި ހުރި ގައިދީ ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައިކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އިއްޔެ ނިޔާފެފައި ވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، އެވެ. ޖަމީލް ނިޔާވީ، ޖަލު އޮފިސަރުންގެ ފަރާޔުން ތަކުރާރުކޮށް ލިބެމުން ދިޔަ އަނިޔާތަކަށް ފަރުވާ ނުދެވި އިހުމާލުވުމުގެ ސަބަބުންކަމަށް ސޯޝަލް މީީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

އޭނާގެ އާއިލާގެ ބައެއް މެބްބަރުންނާއި، ގާތް މީހުންގެ އެކައުންޓުތަކުން ވަނީ ޖަމީލްގެ މޫނު މަތީގައި ނޫފައިގެންފައި ހުރި ތަންތަން ހުރިކަމަށް ބުނެ ފޮޓޯތައް ވެސް ޕޯސްޓުކޮށްފަ އެވެ. އަދި އެއީ ދީފަ ހުރި އަނިޔާތަކެއްކަމަށް ލިބުނު ރިޕޯޓެއް ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މައްސަލައިގައި އިހުސާން ވިދާޅުވީ، ޖަމީލް ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައިކަމަށާއި މަރުގައި އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ޖަމީލް ނަމާދު ކުރާ ތަން ސީސީޓީވީ ފުޓޭޖުން ފެންނަކަމަށާއި، އޭނާ ނިޔާވީ ސަޖިދައިގައި އޮއްވައިކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގުތައް ހިންގާ އިދާރާތަކަށް އެ ސީސީޓީވީ ހިއްސާނެ ކުރާނެކަމަށެވެ.

ޖަމީލްގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމިކަން، އިހުސާން ހާމަ ކުރެއްވި އިރު މިރޭގެ ފަތިސް ނަމާދަށް ފަހު އޭނާ ވަޅުލުމަށް އޮތީ ނިންމާފަ އެވެ. އެކަމަކު އާއިލާގެ ހުއްދައާއި އެކު ތަހުގީގު ހިންގަން ނިންމީކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޖަމީލަށް ވީ ގޮތެއް ބެލީ، އެނގިފައިވާ ގޮތުން ގޮޅިން ބޭރަށް ނުނިކުމެ ހަރަކާތެއް ނުކޮށް ގިނަ އިރު ވުމުންނެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވިކަމަށް، ޑޮކްޓަރު ކަނޑައެޅީ ހުކުރު ދުވަހުގެ މެމްބަރު 12:45 ގަ އެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ޖަލުގައި ކޮންމެ ގައިދީއެއް ނިޔާވިޔަސް، އެކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގުތައް ހިންގާ ކަމަށެވެ. އަދި ޝައްކު އުފެދޭ ކަމެއް ފާހަގަކުރެވޭ ހާލަތެއްގައި، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެފަދަ ތަހުގީގެއް ހިންގާނެކަން އިހުސާން ފާހަގަކުރި އެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 28%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: