ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް، ޖިސްމާނީ އަނިޔާތަކެއް ދީފައިވާކަމަށް ނުބެލެވޭ: ފުލުހުން

ހޯމް މިނިސްޓަރު އިހުސާން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުހައްމަދު ޖަމީލަށް އެއްވެސް އަނިޔާއެއް ކޮށްފައިނުވާ ކަމަށް ފުހުންވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ފުލުހުން ވިދާޅުވީ، މުހައްމަދު ޖަމީލިގެ މަރުގެ މައްސަލާގައި ކުރި ތަހުޤީގުތަކުން ހަށިގަނޑުގައި ބައެއް ކަހަލަ ނިޝާންތަކެއްހުރި ނަމަވެސް، މިއަދާއި ހަމައަށްވެސް ކުރި ތަހުޤީގުން ޖަމީލުގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާތަކެއް ކަމަށް ޤަބުލުނުކުރެވޭ ކަމަށެވެ. އަދި ތަހުޤީގުގެ އިތުރު މަރުހަލާތަށް ކުރިއަށް ގެންދިއުމުގެ ގޮތުން އޭނާ ބަންދުކޮށްފައިވާ ޖަލުގެ ސެލްއަށް ގޮސް މާފުށީ ގޮޅިން އެއްކުރަންޖެހޭ މައުލޫމާތު އެއް ކުރެވިގެން ދިޔަކަން ވަނީ ފާހަގަކޮށްފައެެވެ.

ފުލުހުން ބުނީ އިއްޔެގެ 13:53 ހާއިރު ގޮޅިއަށްގޮސް އެއްކުރެވުނު މައުލޫމާތުން ފާހަގަކުރެވިފައިވަނީ މުހައްމަދު ޖަމީލު ބަންދު ކުރެވިފައިވާ ގޮޅިގައި ނަމާދަށް ސަޖިދައަށްދާ ގޮތަށް ގުދުވެ އިތުރު ހަރަކާތެއްނެތި އޮއްވައި ޕްރިޒަމް އޮފިސަރަށް ފެނިފައިވާ ކަމަށެވެ. އަދި ޖަމީލުގެ ހަށިގަނޑު ބަލާ ހޯދުމުގެ ތެރެއިން އޭނާގެ އަގައިން އަދި ނޭފަތުން “ ފޮނު “ ޒާތުގެ އެއްޗެއް ނުވަތަ ހޮޑުލެވިފައިވާ ޒާތުގެ އެއްޗެއް ފެނިފައިވާ ކަމަށް ވަނީ ވިދާޅުވެފައެެވެ. އަދި އެ އަލާމާތްތައް ބަންދުކުރެވިފައިވާ ގޮޅިންވެސް ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އޭނާ ކުޑަކަމުދެވިފައިވާ ކަމަށް އޭނާގެ ހަށިގަނޑުން ފާހަގަކުރެވުނުކަމަށް ފުލުހުން ވަނީ މަޢުލުމާތު ދެއްވައިފައެެވެ.

އިތުރަށް ކުރި ތަހުޤީގުގެ ތެރެއިން ޖަމީލު ހުރި ގޯޅީގެ ކެމެރާގެ ފުޓޭޖެއް ފުލުހުންނަށް ހޯދިފައިވާއިރު، އެކަމުން ހާމަވެފައިވަނީ ޖަމީލު އެންމެފަހުން ގޮޅިއަށް ވަދެފައިވަނީ އެ ދުވަހުގެ ރޭ 21:30 ހާއިރު ކަމަށެވެ. އަދި އެއަށްފަހު ގޮޅިއަށް އިތުރުފަރާތަކު ވަދެފައިވާނުވާކަމަށާއި، ހެނދުނުގެ 6:30 ހާއިރު ޕްރިޒަން އޮފިސަރުން އާންމު އުސޫލުން ގޮޅިއަށް ޒިޔާރަތް ކުރިކަމަށް ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އޮފިސަރ ގޮޅިއަށް ނުވަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

“ މުހައްމަދު ޖަމީލު ފެނުނު އިރުގަވެސް އޮތީ މި ދެންނެވި ގޮތަށް ސަޖިދާގައި އޮންނަ ގޮތަށް އެ މަޤާމުގައި ކަމަށް ވާތީ އޭނާ އޮތީ ނަމާދަށްކަމަށް ޤަބޫލުކޮށް ޕްރިންޒަން އޮފިސަރުން ގޮޅިއަކަށް ވަދެފައިވުނާކަން އަޅުގަނޑުމެއް ފިޓޭޖް ފާހަގަކުރެވިފައި ވޭ“ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޖަމީލުގެ ހަށިގަނޑު މާލެ ގެނެސް އައިޖީ.އެމް.އެޗް އިން ސީޓީ ސްކޭން ހަނދާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ސްކޭންގެ ނަތިއްޖާ ފުލުހުންއަށް އަދި ލިބިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: