ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ނިޔާވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަން ފަށަނީ!

ކަރެކްޝަން އޮފިސަރުންނާއި، ކުށުގެ ތުހުމަތުގައި ބަންދުގައި ހުރި ގައިދީއެއް ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތްތަނުގައި ޖަލުގައި ކުއްލި ގޮތަކަށް ނިޔާވާ މީހުންގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހުކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، ނިޔާވީ ލިބުނު އަނިތަކަށްކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި ހަށިގަނޑުގައި ނޫފައިގެންފައި ހުރި ލަކުނުތައް ފެންނަ ފޮޓޯތައް ދައުރުވެފައި ވާތީ ސޯޝަލް މީޑިއާގައި ދަނީ ކަރެކްޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މި މައްސަލައިގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ޖަމީލްގެ ހަށިގަނޑުގައި ނިޝާންތަކެއް ހުރި ނަމަވެސް ޖިސްމާނީ އަނިޔާތަކެއް ދިންކަން ތަހުގީގަށް ފާހަގަނުކުރެވޭ ކަމަށެވެ. ޖަމީލް ނިޔާވީ ސަޖިދައިގައި އޮއްވައިކަމަށް، ރޭ މިނިސްޓަރ ހާމަކުރެއްވި އެވެ. އެއަށް ފަހު މިއަދު އެ މަންޒަރު ފެންނަ ސީސީޓީވީ އާންމު ކުރައްވައި އިހުސާން ވިދާޅުވީ ހަރަކާތެއް ނެތި ޖަމީލް ގިނައިރު އެހެން އޮތް އިރު ކަރެކްޝަނުގެ އޮފިސަރުން ގޮޅި ބަލާފައި ނުވުމަކީ ހެދުނު ގޯހެއްކަމަށެވެ. އެކަމަކު، މިފަދަ މައްސަލަތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ، ހައްލު ކުރާނެކަމުގެ ޔަގީންކަން އިހުސާން ދެއްވި އެވެ.

މިއަދުން ފެށިގެން ޖަލުގައި އެއްވެސް ހާލަތުގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައި

ވީޑިއޯގައި ފެންނަ ގޮތުން، ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ރެކޯޑު ކުރެވިފައި ވަނީ 7:43 ހާއިރެވެ. އެކަމަކު އެތަނަށް ވަދެ، އޮފިސަރުން ޖަމީލަށް ވީގޮތެއް ބެލީ 11:30 ގަ އެވެ. އިހުސާން ވިދާޅުވީ އާންމުކޮށް ޖަލުގައި ގިނަ ބަޔަކު، ސަޖިދައިގައި ވަގުތު ހޭދަކުރެ އެވެ. ނަމާދުގައި ތިބޭ ގައިދީންނަށް ގޮވައި، އުނދަގޫ ނުކުރި ނަމަވެސް ކޮންމެ ގަޑިއިރަކުން އެ މީހުންގެ ހަރަކާތްތައް ބަލާކަމަށް އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ މަރު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ހަގީގަތެއް ނެތް ވާހަކަތަކެއް ވެސް އެއާއި އެކު ފެތުރެމުން ދާތީ ކަންބޮޑުވުންފާޅުކޮށް އިހުސާން ވިދާޅުވީ ޖަލުގެ ތެރޭގެ ވީޑިއޯ އާންމު ކުރުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައީޑް އިންވެސްޓިގޭޝަން ޔުނިޓް ހެޑް އިންސްޕެކްޓަރ އޮފް ޕޮލސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ އިންސާނެއްގެ މަރަށް ފަހު އަންނަ ބަދަލުތަކެއްގެ ސަބަބުން ހަށިގަނޑުން ފެންނަން ހުރި ނިޝާންތައް ކަމަށެވެ.

ސާމިހު ވިދާޅުވީ، އެއީ ނިޔާވި ވަގުތު ހަށިގަނޑު އޮތް ގޮތުން ހުރި ނިޝާންތަކެއްކަމަށް ބެލެވޭ ކަމަށެވެ.

ސާމިހު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާ އާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާ މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށް އޮޓޮޕްސީއަށް ހުއްދައަށް އެދުނީކަމަށް ސާމިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: