ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަތަކާއި ހެދި ލޯނު ހޯދަން ދަތިކަން ގަބޫލުކުރަންޖެހޭ: ޒަރީރް

މެމްބަރު ހަސަން ޒަރީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ދެ ބިތުގައިވެސް ހަނގުރާމަ ކުރަމުންދާކަމަށާއި އެހެންކަމުން ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުންނާއި ބެންކުތަކުން ލޯނު ހޯދުމުގައި ދަތިތައް ހުރިކަން ގަބޫލުކުރަންޖެހޭކަމަށް މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރު ޒަރީރުވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ އަމަލުތައް ހުރި ގޮތް ފާހަގަކޮށް ފާޑުވިދާޅުވެފައެވެ. ޒަރީރު ވިދާޅުވީ، ނިމިދޔަ ފަސް އަހަރު ދުވަހުގެ އިގްތިސާދީ އޮޑި ދުވި ގޮތް އެންމެނަށްވެސް އެނގޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެ އޮޑި ފަރަށް އަރާ ރަނގަޅަށް ބީހުމުންނާއި ދެފަރާތުން ރާޅު ތަޅާ އޮޑި ހަލާކުވުމުން ޕެޗު އަޅައިގެން ފުންކުރިކަމަށާއި ދުއްވަމުންދިޔައީ ފްލައިވުޑު ޖަހާ ބާގަނޑުތައް ބައްދައިގެންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އޮޑި އެއްގަމަށް ލާ ރަނގަޅަށް މަރާމާތު ނުކުރާކަމަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ އެއީކަމަށް ފާހަގަކުރެއްވިއެވެ. ޒަރީޒް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުއަށްވަނީ އިގްތިސާދީ އޮޑި އެއްގަމަށް ލާ މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަން ޖެހިވަޑައިގެންފައިކަމަށާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ސިޔާސަތުތައް ތަންފީޒުކުރަމުން އައީ އިސްވެ ބަޔާންކުރެއްވި ފަދަ ގޮތަކަށް ކަމަށް ހިއްސާކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ކޮށްފައިވާ ކެޕިޓަލް އިންވެސްޓުމެންޓުތައް ކޮބާ ތޯ އޭނާ ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދަރަނީގެ ވާހަކަތައް މިއަދު ދައްކަމުންދަނީ އެ ދައުރުގައި އިންތިހާއަށް ގިނައިން ލޯނުތައް ނަގާފައިވުމުންކަމަށެވެ. އަދި އާމްދަނީ އިތުރުކުރުމުގެ ގޮތުން ކުރި އިތުރު މަސައްކަތެއް އެ ޕާޓީއިން ދެއްކުމަށްވެސް އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ، އާމްދަނީ އިތުރުވެގެންދާނެ ގޮތަށް ފެށިފައިވާ އެންމެ ޕްރޮޖެކްޓެއްވެސް ބުނެ ދިނުމަށް އެދޭކަމަށާއި އެފަދަ އެއްވެސް ކަމެއް ނިމިދިޔަ ދައުރުގައި ކުރެވިފައިނުވާނެކަމަށް މައުލޫމާތު ދެއްވިއެވެ. ޒަރީރް ވިދާޅުވީ، ގިނަ އަދަދަކަށް ލޯނު ނެގިކަމަށެވެ. އަދި ލޯނު ނަގަން ޖެހުމުން އެއީވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ނަމަވެސް އެއީވެސް ލިމިޓެއްގައި ކުރެވެން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ޒަރީރް ވިދާޅުވީ، ނިމިދިޔަ ދައުރުގައި ލޯނުތައް ނަގަމުންދިޔައިރުވެސް ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ރާއްޖެއަށް އިންޒާރުތައް ދެމުންދިޔަކަމަށެވެ. އެހެންނަމަވެސް މިއަދު ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގް ވަނީ ދަށްކޮށްފައިކަމަށާއި ދެ ފަރާތުން ހަނގުރާމަ ކުރަމުންދާއިރު ދުނިޔޭގެ ބެންކުތަކާއި ގައުމުތަކާއި ފާމުތަކުން ފައިސާ ހޯދުމުގައި ދަތިތައް ހުރި ކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކި ހަނގުރާމަތައް ކުރެވެމުންދާކަމަށްވުމުން ދެން ވެގެން އަންނާނެ ގޮތް ޔަގީން ނުވާތީ ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުންވަނީ ކޮންމެވެސް ވަރަކަށް ލޯނު ދިނުން ފަދަކަންކަން މަޑުޖައްސާލާފައިކަމަށާއި މިއަދުގެ ބެންކިންގް ނިޒާމުގައި ކުރިއަށްވުރެ އިންޓްރެސްޓް ރޭޓުތައް ކުރިއަށް ވުރެ ބޮޑުތަނުން އިތުރުކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: