ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅަށް ބެލެހެއްޓި ތޯ ބަލަން ޖެހޭ: ޑިމޮކްރެޓްސް

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ޖަލު ބަލަހައްޓަނީ - ފޮޓޯ: /މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި، ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލަށް ގާނޫނާ ގަވައިދުތަކުގެ ދަށުން ލިބެން ޖެހޭ ހައްގުތައް ޖަލުގައި ކަށަވަރުކޮށްދީފައި ވޭތޯ ބެލުމަށް ޑިމޮކްރެޓްސް ޕާޓީން ގޮވާލައިފި އެވެ.

ޖަމީލް ނިޔާވި ޖަލުގައި ލިބުނު އަނިޔާތަކަށް އެއްވެސް ފަރުވާއެއް ނުލިބިކަމަށް އަޑުފެތުރުނު ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ފުލުހުންނާއި ކަރެކްޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އޭނާ ބަންދުކޮށްފައިވާ ގޮޅީގެ ސީސީޓީވީ ފުޓޭޖު އާންމުކޮށްފަ އެވެ. ހިނެވުމުގެ ތެރޭގައި ނަގާފައިވާ ޖަމީލްގެ ހަށިގަނޑުގެ ފޮޓޯތަކާއި، ކަފުންކޮށްފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ގައިގައި ނޫފައިގެންފައި ހުރިހެން ހީވާ ލަކުނުތަކެއް ހުއްޓެވެ.

ތަހުގީގަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކަށް ފުލުހުން ބުނީ، ބެލެވޭ ގޮތުގައި އެއީ ޖަމީލް ސަޖިދައިގައި އޮވެ ނިޔާވެ ގިނަ ވަގުތުވުމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކެކެވެ. އަދި ޖިސްމާނީ ގޮތުން އޭނާއަށް އެއްވެސް އިނިޔާއެއް ދީފައިވާކަމަށް އެނގެން ނެތްކަމަށާއި، ޖަމީލް ނިޔާވެފައި ވަނީ ނަމާދުގައި ހުއްޓައިކަމަށް ފުލުހުން ބުންޏެވެ.

ކުރެވޭ ތުހުމަތުތަކާއި އެކު ޖަމީލްގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވެ، ފުލުހުން ހުއްދައަށް އެދުނުއިރު ޖަމީލްގެ ކަށުނަމާދަށް ވަނީ ތައްޔާރުވެފަ އެވެ. އެހެންވެ އާއިލާއިން އެ ހުއްދަ ދޭން ބޭނުން ނުވީ އެވެ.

މި މައްސަލައިގައި މިއަދު ޑިމޮކްރެޓްސް ނެރުނު ބަޔާނެއްގައި ބުނީ ޖަމީލަށް އަނިޔާކޮށް އޭނާގެ ހަށިގަނޑުގައި ފެންނަން ހުރި ނިޝާންތަކަށް ކުރެވޭ ތުހުމަތު ތަހުގީގު ކުރަން ޖެހޭކަމަށެވެ. އަދި ޖަމީލާ މެދު އިހުމާލުވެ، އޭނާއަށް ބޭސްފަރުވާގެ ހައްގު ނުދީ ލަސްކުރިކަމަށް ވެސް އަޑުތައް ފެތުރެމުންދާކަމަށް ބަޔާނުގައި ވެއެވެ.

ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މަރުގައި ޝައްކުއުފެދޭ ގިނަ ކަންކަން ވެސް ހުރުމާ އެކު، އެކަންކަން ބަލައި ޒިންމާ ނަގަން ޖެހޭ ބަޔަކު ޒިންމާ ކުރުވަން ޖެހޭ ކަމަށެވެ. އެގޮތުން ޖަލުގައި ޖަމީލަށް އެއްވެސް އަނިޔާއެއް ދިންތޯއާއި ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވައިދުތަކުން ކަށަވަރުކޮށް ދޭ އެންމެހައި ހައްގުތައް ބަންދުކޮށްފައި ހުރި މުއްދަތުގައި ޖަމީލަށް ލިބިފައިވޭތޯ ބެލުމަށް ވެސް ޑިމޮކްރެޓްސްއިން ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައީޑް އިންވެސްޓިގޭޝަން ޔުނިޓް ހެޑް އިންސްޕެކްޓަރ އޮފް ޕޮލސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ އިންސާނެއްގެ މަރަށް ފަހު އަންނަ ބަދަލުތަކެއްގެ ސަބަބުން ހަށިގަނޑުން ފެންނަން ހުރި ނިޝާންތައް ކަމަށެވެ.

ސާމިހު ވިދާޅުވީ، އެއީ ނިޔާވި ވަގުތު ހަށިގަނޑު އޮތް ގޮތުން ހުރި ނިޝާންތަކެއްކަމަށް ބެލެވޭ ކަމަށެވެ.

ސާމިހު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާ އާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާ މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށް އޮޓޮޕްސީއަށް ހުއްދައަށް އެދުނީކަމަށް ސާމިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: