ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބި ލީގުން ހިޒްބުﷲ އަކީ ޓެރަރިސްޓުން ނޫންކަމަށް ކަނޑައަޅައިފި!

ސިފައިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބި ލީގުގައި ހިމެނޭ ގައުމުތަކުން ހިޒްބުﷲ ޖަމާއަތް ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން ނަގާލައިފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، އަރަބި ލީގުން މި ނިންމުން ނިންމާފައިވަނީ ހަމާސްއިން އިސްރާއީލާއި ދެކޮލަށް ފެށި އަގްސާ އޮޕަރޭޝަންގައި އެ ޖަމާއަތުން ކޮށްފައިވާ މަސައްކަތްތަކަށް ރިއާޔަތްކޮށްކަމަށެވެ. އެގޮތުން މީގެ ކުރިން އެ ޖަމާއަތަކީ ޓެރަރިސްޓުން ގޮތުގައި ކަނޑައެޅިފައިވާކަމަށްވުމުން މުއާމަލާތްތަކެއް ނުކުރާކަމަށްވީނަމަވެސް މިހާރު އެ ޖަމާއަތުގެ އަމަލުތަކަށް ރިއާޔަތްކޮށް އެފަދަ ޓެގެއް އެޅުވިދާނެކަމަށް ގަބޫލުނުކުރެވޭކަމަށާް ލީގުން މައުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ.

އަރަބި ލީގުންވަނީ ހިޒްބުﷲ އަދި އެ ލީގުގެ ދެމެދު ގުޅުން ބަދަހިކުރުމަށްޓަކައި ޝަރުތުތައްވެސް ހަމަވެފައިވާކަން ހާމަކޮށްފައެވެ. އަދި 2016 ވަނަ އަހަރު ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅީ އިސްރާއީލުގެ ވާގިވެރި ހުޅަނގުގެ ގައުމުތަކުން އެކަމަށް ބާރުއަޅައި ޕްރެޝަރުކުރަމުންދިއުމުންކަމަށްވެސް ހިއްސާކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ޓެރަރިސްޓުންގެ ލޭބަލް ނަގާލާފައިވަނީ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ގަވައިދުން މަސައްކަތްތަކެއް ކުރަމުން އައިސްފައިވަނިކޮށްކަމަށާއި އެކަމަށް އަރަބި ދުނިޔޭގެ ތާއީދާއި އިހުތިރާމް ލިބިފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: