ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކްސަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅު ދައުރު ބަދަލުވުމާއި ހަމައަށް އަޅާފައި ނެތް: ފިނޭންސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުތަކުގައ ދައުލަތުގެ ހަރަދުތައް އާމްދަނީއާއި ނުބައްދަލު މިންވަރަށް އިތުރުވެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ އަދަދު އިތުރުވުމުގެ ނަތީޖާއަކީ ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިދާރާއެއްކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރި ސަބަބުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މާލީ ހާލަތު މިހާ ދަށްވީ ސަރުކާރުގެ އިހުމާލުގެ ސަބަބުންކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް އެމްޑީޕީގެ އޮފީހުގައި ބާއްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވާފަ އެވެ. މީރު ވަނީ، އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަށް ކުރީ ސަރުކާރުން އެޅި ފިޔަވަޅުތައް ފާހަގަކޮށް މި ސަރުކާރުން ގެންގުޅޭ ސްޓެރެޓެޖީއާއި ސިޔާސަތުތައް ގޯސްކަމަށް ވިދާޅުވެފައެވެ. އެގޮތުން 2020 ގެ ކޮވިޑުގެ ވާހަކަ ނަންގަވައި އަމީރު ވިދާޅުވެފައި ވަނީ 2021، އަދި 2022 ވަނަ އަހަރުގެ ފިކްސަލް ސްޓްރެޓެޖީގައި 6 ބިލިއަން ރުފިޔާގެ ފިކްސަން އެޖަސްޓްމަންޓެއް ގެނައުމަށް ހުށަހަޅައި ތަންފީޒު ކުރަން ފެށުނު ކަމަށެވެ. އަމީރު ވިދާޅުވީ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގައި މިހާރު ފަށާފައި ވަނީ ވަނީ މެދުރާސްތާގައި އާމްދަނީ އިތުރު ކުރުމަށް ޓާގެޓު ކުރި ހިސާބުން ޖީޑީޕީގެ ނިސްބަތުން 32.5 އިންސައްތަ ކަމަށެވެ.

އަމީރުގެ ދެއްކެވި ވާހަކައަށް ކަންބޮޑުވުންފާޅުކޮށް ފިނޭންސް މިނިސްޓްރީން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ މާލިއްޔާއަށް ވާރުތަވެގެން އައި ދަތި އުނދަގޫތަކުން އަރައިގަނެ ދިވެހިރާއްޖޭގެ ފިކްސަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި މިދިޔަ ދައުރުގައި އެ ވުޒާރާގެ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ވަޒީރު އިބްރާހިމް އަމީރު ފިކްސަލް ހިރާސްތަކާ ގުޅޭގޮތުން ދައްކާފައި ވަނީ ހަގީގަތް އޮޅޭ ފަދަ ވާހަކަތަކެއްކަމަށް މިނިސްޓްރީން ބުންޏެވެ.

ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދަކީ ކޮވިޑު-19 ގެ ބަލިމަޑުކަމަށް ފަހު އެންމެ އަވަހަށް އިޔާދަވެގެން އައި އިގްތިސާދު ކަމަށެވެ. އަދި މި އަހަރާއި މެދުރާސްތާއެއްގައި ވެސް ދިވެހިރާއްޖޭގެ އިގްތިސާދު ހަލުވިކަމާއި އެކު ކުރިޔައަރައިގެން ދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އެހެން ނަމަވެސް އޭރުވެސް ދައުލަތުގެ މާލިއްޔަތަށް ދަތިތަކެއް ހުރިއިރު އެކަން މިދިޔަ ދެ އަހަރުގެ ތެރޭގައި ފާހަގަކޮށް ފިކްސަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފިކްސަލް ސްޓްރެޓެޖީ ބަޔާންތަކާއި އަދި ބަޖެޓު ފޮތްކުގައި ހުށަހެޅިކަން ފާހަގަކުރި އެވެ.

މިނިސްޓްރީން ބުނެފައި ވަނީ 2023 ވަނަ އަހަރުން ފެށިގެން ޓެކްސްގެ ރޭޓުތަކަށް ގެނައީ ހާލަތާއި ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. އެހެން ނަމަވެސް ކޮވިޑުން އަރައިގަނެވި އެ ހާލަތުން ވީލިގެން އައުމަށް ފަހު ފާހަގަކުރެވުނު ފިކްސަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަނީ 17، ނޮވެމްބަރުގެ ނިޔަލަށް ތަންފީޒު ނުވެކަމަށް މިނިސްޓްރީން ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި މިގޮތަށް އަމަލު ކުރުމުގެ ނަތީޖާއަކަށްވެފައި ވަނީ، ފިނޭން މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ ހަރަދުތައް އާމްދަނީއާއި ނުބައްދަލު މިންވަރަށް އިތުރުވެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ އަދަދު އިތުރުވެގެން އައުން ކަމަށެވެ. އަދި އޭގެ ސަބަބުން ފިކްސަލް، ދަރަނީގެ ދެމެހެއްޓެނެވިކަން ގެއްލިފައިވާއިރު މެދު ރާސްތާގައި ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް އަދާ ނުކުރެވުމުގެ ހިރާސް އުފުލިގެން ދިޔަކަމަށެވެ.

މިސާލެއްގެ ގޮތުން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރީ އިންޓަނޭޝަނަލް މަނިތަރީ ފަންޑުގެ 2022 ވަނަ އަހަރުގެ އާޓިކަލް-4 ކޮންސަލްޓޭޝަން ރިޕޯޓެވެ. އަދި ނަތިޖާއެއްގެ ގޮތުން ފިޗްގެ ރޭޓިން ދަށްކުރީކަމަށް ފާހަގަކުރި އެވެ.

މީގެއިތުރުން ބަޔާނުގައި ބުނީ މި އަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދު ކުޑަކުރާނެކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ފްރޭމްވޯކެއް ތައްޔާރުކޮށްފައި އޮތް ނަމަވެސް ވެރިކަން ބަދަލުވުމާއި ހަމައަށް ވެސް އެކަން ކުރާނެ ގޮތުގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައާރަފު ނުކުރާކަމަށެވެ.

މިނިސްޓްރީން ބުނީ މި ސަރުކާރުން ދަނީ އިސްލާހުތަކާއި ގުޅޭ ތަފްސީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރަން ތައްޔާރުވަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: