ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު ޔޫއޭއީއަށް!

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގެ އާބޫދާބީއަށް ރަސްމީ ދަތުރުފުޅެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ފުރާވަޑައިގަންނަވައިފިއެވެ.

މިއީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ސަސްޓެއިނެބިލިޓީ ފޯރަމް ގައި ބައިވެރިވެވަޑަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ފޯރަމުގައި، ކްލައިމެޓް ޗޭންޖް ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ވުޒާރާއިން މި ދަތުރުފުޅާއި ގުޅޭ މައުލޫމާތު ދެމުން ބުނި ގޮތުގައި، މި ފޯރަމް ވާނީ ކްލައިމެޓް ޗޭންޖުގެ މައްސަލައަށް ހައްލުހޯދުމަށް ބޭނުންވާ އީޖާދީ ޓެކްނޯލޮޖީއާއި، އަރޓިފިޝަލް އިންޓަލިޖެންސްގެ ދައުރާއި، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ހޭނުމަށް ޑޭޓާގެ މުހިއްމުކަމާއި ގުޅޭ މަޝްވަރާތައް ކުރެވޭނެ ފޯރަމަކަށްކަމަށެވެ. އަދި ފައިނޭންސްއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ބުންޏެވެ.

މި ފޯރަމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަމާ ގުޅޭގޮތުން ބާއްވާ ޕެނަލްގައި ވަޒީރު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: