ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ގަންނަ އަގަށް ބަދަލު ގެނައީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރަން: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މަސް ގަންނަން މިފްކޯއިން ނިންމި ނިންމުމާއިއެކު، ކިރާ މަހަށް  ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ވައުދުވެފައިވީ ނަމަވެސް، ސަރުކާރުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތަށް ބަލާ އެ ވައުދު ފުއްދެން އަދި ނެތް ކަމަށެވެ. އަދި މިފްކޯގެ މާލީ ހާލަތު ވަރަށް ދަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ މުއައްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ކޭޝް ފްލޯއެއް ނެތްކަމަށްވެސް ފާހަގަކުރެއްވިއެވެ.

މަހުގެ އަގަށް ބަދަލު ގެނައީ ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާތީ، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށްކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 20 ރުފިޔާއަށް މިފްކޯއިން މަސްގަންނަ ކަމަށްވާނަމަ، ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ. މިކަމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

20 ރުފިޔާއަށް މަސް ގަންނަކަމަށް ވަންޏާ ނުވަތަ، 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބަހައްޓާކަމަށް ވަންޔާ ވަރަށް އަވަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ.

ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަބްސިޑީއަށް ބޮޑު ހޭދައެއް މިފްކޯއިން މިހާރުވެސް ކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން 20 ރުފިޔާއަށް މަސް ގަތުމަށް އަހަރެއްގެ މައްޗަށް 560 މިލިއަން ރުފިޔާ ދައުލަތުން މިފްކޯއަށް ދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުން ކުރަންޖެހޭ ހޭދައިގެ ތެރޭގައި ލޯން ރިޕޭމެންޓްތައްވެސް ހުރުމުގެ ސަބަބުން މިއީ ދަތިކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލު ގެނައީ ކުދި ވިޔަފާރިތަކަށް ގެއްލުންވެފައިވާތީކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައިނަލްއަގްވާމީ މާކެޓާ ނުބައްދަލު އަގެއްގައި މަސް ވިއްކާތީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް ގޮންޖެހުން ކުރިމަތިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: