ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިހުރުގެ އެއްވެސް މައްސަލައެއް ރައީސްގެ ފަރާތުން ފުލުހަށް ހުށަހަޅާފައި ނުވާނެ: ހީނާ

ފުލުހުންގެ ބަންދުގައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިހުރު ހެދިކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު ޖަހާފައިވާ، ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ އެއްވެސް މައްސަލައެއް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ފުލުހަށް ހުށަހަޅާފައި ނުވާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމަށް އަޑުފެތުރިފައިވާ މި މައްސަލައިގައި ހައްޔަރުކުރީ ޝަމްނާޒްގެ އިތުރުން، އޭނާގެ ކޮއްކޮ ސަނާ ސަލީމް އެވެ. އަދި ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފައިވާއިރު މައްސަލައިގައި އެކި ގޮތްގޮތަށް ދަނީ ވާހަކަ ވެސް ދެކެވެމުންނެވެ.

މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަށް، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން އެފަދަ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާނެކަމަށެވެ.

މިއީ މި މައްސަލައިގައި ސަރުކާރުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. މީޑިއާތަކުގައ މި ވާހަކަތައް ފެންމަތިވެ ދެކެވެމުން ދާތާ ދުވަސްތަކެއް ވިއިރު، ފުލުހުން ބޭއްވި ޕްރެސް ބްރީފިންއެއްގައި ނޫސްވެރިންގެ ސުވާލަށް އެ މުވައްސާސާއިން ވަނީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތަށް ސިހުރު ހެދިކަމުގެ ތަހުގީގެއް ކުރަމުންދާކަމަށް ބުނެފަ އެވެ.

ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލައާއި ގުޅިގެން ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެކެވެ.

ހީނާ މިއަދު ވިދާޅުވީ ރައީސް މުއިއްޒާއި، އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާތަކުގައި ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް މުއިއްޒާއި އާއިލާގެ ފަރާތުން ސިހުރުގެ މައްސަލައެއް، އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކޮށް ފުލުހަށް ހުށަހަޅާފައި ނުވާނެކަމަށް ހީނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: