ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާގެ އެހީ 37 ފަރާތަކަށް ހަމަޖެހިއްޖެ

އާސަންދައިގެ ހިދުމަތް ލިބޭކަން އަންގައިދޭ ބޯޑެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާގެ އެހީ 37 ފަރާތަކަށް ހަމަޖެހިއްޖެއެވެ.

އާސަންދަ މެދުވެރިކޮށް ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ ގެ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަން ނިންމާފައިވާ ހަފްތާ-14 މަގުޗާޓުގައި ހިމެނިފައިވާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއެވެ.

އެގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި އެންސްޕާއާއި އެކު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ ގެ ފަރުވާ ފޯރުކޮށްދޭނެ އުސޫލެއް ވަނީ ޤާއިމްކުރެވިފައެވެ. އެއާއެކު އެ އުސޫލުގެ ދަށުން ދަށުން 15 މޭ 2024 ގެ ނިޔަލަށް ”އައި.ވީ.އެފް“ ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުގެ ތެރެއިން އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓު ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާއިރު އާސަންދަ މެދުވެރިކޮށް އައި.ވީ.އެފް ފަރުވާގެ އެހީ 37 ފަރާތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

2024 ވަނަ އަހަރު 100 ފަރާތަކަށް ”އައި.ވީ.އެފް“ގެ ފަރުވާގެ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާއިރު، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެންސްޕާއިން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.  އަދި ހަމަ އެހެންމެ 15 މޭ 2024 ގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށްއެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެންސްޕާގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން، 31 ޖުލައި 2024 ގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި ވަނީ އިތުރު ކޮށްފައެވެ.

މި އެހީއަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށް ވެސް، 2024 ޖުލައި 31 ގެ 14:00 ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. ދަރިމައިވުމުގެ ދަތިތަކާއި ކުރިމަތިލާންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޢާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މުހިންމު ސިޔާސަތުތަކެއް އެކަށައަޅާ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: