ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ ”ތުއްތު ދަރިފުޅުގެ ”މިންހެޔޮ ކާނާ ފޮތް“ ލޯންޗް ކޮށްފި

ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗް ކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ ”ތުއްތު ދަރިފުޅުގެ ”މިންހެޔޮ ކާނާ ފޮތް“ ލޯންޗް ކޮށްފިއެވެ.

މި ފޮތް ލޯންޗު ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު މިނިސްޓްރީ އޮފް ހެލްތުގެ މޫމިނާ ޙަލީމް މާލަމްގައެވެ. މި ރަސްމިއްޔާތުގެ މަޤުޞަދަކީ ކުޑަކުދިންގެ ނިއުޓްރިޝަން ޙާލަތު ރަނގަޅު ކުރުމަށް، ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ތައްޔާރު ކުރެވިފައިވާ ”ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތް“ ނެރުންކަމަށް މިނިސްޓްރީއިން ބުނިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބުދުﷲ ޚަލީލްއެވެ. އަދި މިބައްދަލުވުމުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް, އިސީ ފޭންގޯލްޑް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކަމާގުޅުންހުރި ބައެއް ވުޒާރާތަކާއި ޞިއްޙީ ޚިދުމަތްތެރިންނާއި އަމިއްލަ ޖަމްޢިއްޔާތަކުގެ ބޭފުޅުންނާއި އަދިވެސް ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ބޭފުޅުން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލެވިފައިވާ ”ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ“ ގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް މިނިސްޓްރީއިން ބުނިއެވެ. އަދި މިފޮތް ”ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ“ ތައްޔާރު ކުރެވިފައި މިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް އަދި އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން. މިފޮތު ގެ އީ-ބުކް ވާރޝަން މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މި ފޮތުގައި ހަމަސް ފުރުމުން ދަރިފުޅަށް ދޭނެ ފައިދާ ހުރި ކާނާ ފަށާނެ ގޮތާއި ފައިދާ ހުރި ތަފާތު ކާނާ އިޚުތިޔާރު ކުރާނެ ގޮތް އަދި ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ.

ފޮތުގައި ހިމެނޭ ބައެއް މަޢުލޫމާތުތައް:

  1. އަލަށް ކާންދޭ ފަށާއިރު ބަލަންވީ ކަންކަން
  2. ތަފާތު ކާނާގެ ބާވަތްތަކާއި ލިބޭ ފައިދާ އަދި ކާންދިނުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން.
  3. ކާނާ ރައްކާތެރި ކަމާއެކު ތައްޔާރުކޮށް ރައްކާ ކުރުން.
  4. ދަރިފުޅު ނުކާން އުޅުން ނުވަތަ ވަކި ކަހަލަ ކާނާ އެއް ނުކާން އުޅޭނަމަ ހަދާނެ ގޮތާއި ބަލިވެ އުޅޭ ދުވަސްވަރު ކާންދޭނެގޮތް.

މާބޮޑަށް ބަރުދަން ލުއިވެ ނުވަތަ މާ ބަރު ވަމުންދާނަމަ ކާންދިނުމުގައި ގެނެވިދާނެ ބަދަލުތައް.

މިންހެޔޮ ކާނާ ފޮތުގެ އިތުރުން ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށް، ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން މާބަނޑު ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަމާއި ކުއްޖާގެ ކެއިން ބުއިމާއި އިޖުތިމާޢީ ހުނަރުތައް ތަރައްޤީ ކުރާނެ ގޮތާއި އެހެނިހެން މުހިއްމު މަޢުލޫމާތުތަކުގެ މައްޗައް ތައްޔާރު ކުރެވިފައިވާ ވީޑިއޯތަކުގެ އިތުރުން ސޯޝަލް މީޑިއާ އިންފޯރގްރަފިކްސް ވެސް ޢާއްމު ކުރެވޭނެކަމަށް މިނިސްޓްރީއިން ބުނިއެވެ.

ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަން ތަފާސް ހިސާބުތަކުން ދައްކާކަމަށް ފާހަގަކޮށް މިނިސްޓްރީއިން ބުނީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިފައިވާ މިއާދަތަކަކީ ޅަޢުމުރުން ފެށިގެން އަށަގަންނަމުން ދާ ކަންކަމަށްވީ ހިނދު، މިފަދަ ހިރާސް ތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށާއި ރާއްޖޭގެ ނިއުޓްރިޝަން ޙާލަތު އަދިވެސް ރަގަޅު ކުރުމަށް މުހިއްމު ފިޔަވަޅު ތަކެއް ވަނީ އަޅަން ޖެހިފައިކަމަށެވެ.

މި ފޮތުގެ ބޭނުމަކީ ބެލެނިވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ކާނާގެ ބާވަތްތައް ބޭނުން ކޮށްގެން އުމުރާ ގުޅޭ ގޮތަށް ފައިދާހުރި ކާނާ ތައްޔާރު ކުރާނެ ގޮތާއި ފައިދާހުރި ކާނާ ކާންދިނުމުގެ މުހިންމުކަން އަދި ރައްކާތެރި ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި، ކުއްޖާ ފުރިހަމަ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މަޢުލޫމާތު ފޯރު ކޮށްދިނުންކަމަށް މިނިސްޓްރީއިން ބުނިއެވެ. އަދި ދަރިފުޅަށް ކާންދޭ ކާނާ އެކޭ އެއްފަދައިން ކާންދޭ ވަގުތާއި ގޮތް ވެސް ވަރަށް މުހިއްމުކަމަށް ބުނިއެވެ.

މިގޮތުން ރެސްޕޮންސިވް ފީޑިން ނުވަތަ ކުއްޖާ ޝާމިލް ކޮށްގެން ކާންދިނުމުގެމައްޗައް ވެސް މިފޮތުގައި އަލި އަޅުވާލެވިފައިވާނެކަމަށާއި، ނިއުޓްރިޝަން އާއި ބެހޭ މައުލޫމާތު އެކި ދިމަ ދިމާލުން ލިބެން ހުންނާނެކަމަށް ބުނިއެވެ. އެހެން ނަމަވެސް ހަލުވިކޮށް ބަދަލު ވަމުން އަންނަ ދުނިޔެއެއްގައި ޞައްޙަ، ހެޔޮ މައުލޫމާތު ލިބެން ހުރުމަކީ ވަރަށް މުހިއްމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: