ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފު މަރުހަލާގައި ކުށްވެރިން ކަފާލާތުގެ ދަށުން ދޫކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުމް ތަންފީޒު ކުރާ ޤައިދީންގެ އިސްތިއުނާފީ މައްސަލަ ކުރިޔަށް ދަނިކޮށް ކަފާލާތުގެ ދަށުން އެ ޤައިދީއަކު ޖަލު ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަކްއެވެ. މިއީ ޤާނޫނު ނަމްބަރ 12/2016 އަށް ހުށައަޅާފައިވާ އިސްލާހެކެވެ. އޭގެ ތެރޭގައި ސައިބަރ ކްރައިމްތަކުގެ ކުށްތަކާއި ގުޅޭ ބައެއް އިޖުރާއަތްތައްވެސް ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:

  • ސަރވިސް ޕްރޮވައިޑަރުން ސަބްސްކްރައިބަރ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރީޓެއިން ކުރުމާއި ގުޅޭ އިޖުރާއަތު
  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ އަވަސް ގޮތެއްގައި ރައްކާކުރުމާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާއި ގުޅޭ އިޖުރާއަތު.
  • ކޮމްޕިއުޓަރ ޑޭޓާ އާއި ސަބްސްކްރައިބަރ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތު.
  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާއި ގުޅޭ އިޖުރާއަތު.
  • ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތު.

 ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ޤާނޫނުގައި މިހާރު އެކުލެވޭ ކަފާލާތުގެ އާންމު އުސޫލުތަކާއި، ތަހުޤީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާއި ގުޅޭ އުސޫލުތައް ހިމެނެއެވެ.

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ ހައްޤު ބަންދުގައި ހުންނަ މީހާއަށް ލިބިދޭއިރު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ފިޔަވައި ކޮންމެ ހާލަތެއްގައި ވެސް ކަފާލާތުން ދޫކޮށްދިނުމަށް އެދުމުގެ ހައްޤު ޤައިދީއަށް އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިގޮތުން ދޫކުރަނީ ކޯޓުން ޝަރުތުތަކަށް ކަނޑައެޅުމަށްފަހުއެވެ. އެއީ އިތުރަށް ބަންދުކޮށްގެން އޭނާގެ ފަރާތުން ހާސިލްވާނޭ މަސްލަހަތެއް ނެތްކަން އެމީހާ ސާބިތުކޮށްދިނުމުންނެވެ.. ނަމަވެސް، އެމީހާ ކޯޓު އަމުރަކާއި ޚިލާފުވެފައިވާ ނުވަތަ ކޯޓުން ކަނޑައަޅާފައިވާ ޝަރުތަކާއި ޚިލާފުވެފައިވާ ނަމަ، ނުވަތަ ބޮޑެތި ކުށްތަކުގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކުނަމަ ކަފާލާތުގެ ދަށުން ދޫނުކުރެވޭނެކަމަށް ވެސް ބިލުގައިވެއެވެ. އެގޮތުން ޖިންސީ ގޯނާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ނުވަތަ މީހުން މެރުން ފަދަ މައްސަލަތައް ހިމެނެއެވެ.

މިގޮތަށް ބަންދުން ދޫކުރާއިރު ކަނޑައަޅާފައިވާ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ގަވައިދުން ރިޕޯޓްކުރަން ޖެހޭކަމަށްވެސް އިސްލާހުގައިވެއެވެ. އަދި ބަންދުން ދޫކޮށްލާފައި ހުންނަ އިރު އެއްވެސް ޤާނޫނަކާ ޚިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް ޝަރުތުކުރެވޭ ގޮތަށް އިސަލާހެއް ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: