ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ބައިވެރިވާ ޕީއެންސީ ޖަލްސާއެއް މާދަމާ ރޭ!

ޕީއެންސީގެ ހަރުގޭގައި ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މާދަމާ ރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ރަސްމީކޮށް ޕާޓީ ހަރުގެ ހުޅުވި ފަހުން މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދެވަނަ ޖަލްސާއެވެ.

މީގެ ކުރިން ރައީސް މުއިއްޒާއި، ކެބިނެޓު ވަޒީރުން އަދި ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާ ބޭފުޅުން ހަރުގެ ރަސްމީކޮށް ހުޅުވި ޖަލްސާގައި ބައިވެރިވި އެވެ. އެއަށް ފަހު އެ ހަފްތާގެ ތެރޭގައި ވަނީ ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ހަރުގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

މާދަމާ ރޭ ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ 21:00 ގަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި، އަދި ސަރުކާރާއި ގުޅުވައި ކުރާ ތުހުމަތުތަކަށް މާދަމާރޭގެ ޖަލްސާގައި ރައީސް އަނެއްކާވެސް ރައްދު ދޭނެކަމަށް ބެލެވެ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ވަނީ ސަރުކާރާއި، ރައީސް މުއިއްޒަށް އަމާޒުކޮށް އިދިކޮޅުގެ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.

ޕީއެންސީގެ ޖަލްސާ ބޭއްވި ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްގެ ބައްދަލުވުމެއް ބާއްވައި އެމަނިކުފާނު ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އިގްތިސާދީ ގޮތުން އަޅުއްވާ ފިޔަވަޅުތަކަށް ވެސް، ސުވާލު އުފެއްދި އެވެ.

މީގެއިތުރުން މިދިޔަ ހަފްތާގައި އޮތް ޕީއެންއެފްގެ އެހެން ޖަލްސާއެއްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްދު ދެއްވާފަ އެވެ. އެހެންކަމުން މާދަމަރޭގެ ޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުން، އެމަނިކުފާނު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ފުރުސަތު ބޮޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: