ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ދަރުވާލައި، ކިޔަވާ ކުދިންގެ ލޯނު ފައިސާތައް ނުދީ ހުރީ އެމްޑީޕީ ސަރުކާރުން: ރިފާއު

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި ކިޔަވަމުން ދާ ދިވެހި ދަރިވަރުންގެ ލޯނުގެ ފައިސާ ޖަމާ ކުރުމުގައި ކިރިޔާ ވެސް ދަތިތަކެއް ދިމާވީ ގައުމު ދަރުވާލައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވި ހިޔާނާތުގެ ސަބަބުންކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ބޭރުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދަރިވަރުންނަށް ފައިސާ ދީ ލަސްކުރާކަމަށް ބުނެ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވޭތީ ޔުނިވާސިޓީތަކަށް ފީ ނުދެއްކޭ ކަމަށެވެ. މީގެ ސަބަބުން ދަރިވަރުން މަގުމަތިވެ، ކޯހުން ބޭރު ކުރާނެކަމަށް ހީވާން ފަށާފައިވާކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމާއި މެދު ވޯޓަށް އެހުމުން، މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 12 މެމްބަރުންނެވެ. އަދި ސަރުކާރަށް ނިސްބަތްވާ 51 މެމްބަރަކު ވޯޓު ދެއްވީ ބިލު ބޭރުކޮށްލުމަށެވެ.

ބިލު ބޭރުކޮށްލުމަށް ފަހު ރިފާއު ވިދާޅުވީ، މަޖިލީހުގައި މުހިންމު މަސައްކަތްތައް ހުއްޓައި އެމްޑީޕީގެ އަމާޒު ހުރީ އެހެން އެޖެންޑާއެއްގެ ތެރެއިން ޖެއްސުންކޮށް އުނދަގޫ ކުރުމަށް ކަމަށެވެ. ރިފާއު ވިދާޅުވީ، ބޭނުން ވަނީ ގައުމުގައި ހުރި މައްސަލަތަކާއި ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ނަމަވެސް އެކަމަށް ހުރަސްއެޅުމަށް ބައެއް މެމްބަރުން ބޭނުންވާތީ އެކަމަށް ހިތާމަ ކުރާކަމަށެވެ. އިދިކޮޅު އެމްޑީޕީން މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައެއް ބޭރު ކުރުމަށް ފަހު، އެކަން ފާހަގަކުރައްވައި ރިފާއު ވިދާޅުވީ ފެންނަނީ ކިއުމުގެ މަރުހަލާގައި އެކަނި ވެސް ފަސް ބިލެއްގެ މަސައްކަތް އެބައޮތް ކަމަށެވެ.

ރިފާއު ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުދޭކަމަށް ނުވަތަ ދޭނެ ގޮތެއް ނެތްކަމަށް އެމްޑީޕީން ބުނާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ނިންމާލީ ގައުމު 62 ބިލިއަން ރުފިޔާއިން ދަރަނިވެރި ކުރުވުމަށް ފަހުކަމަށެވެ. އަދި އެހެނިހެން ގޮތް ގޮތުން ލިބުނު ލޯނާއި، ފައިސާތައް ހިޔާނަތްވުމަށް ފަހު ދައުރު ނިންމާލީ ގައުމަށް އެއްވެސް ކުރިއެރުމެއް ހޯދައި ނުދީކަމަށް ރިފާއު ވިދާޅުވި އެވެ. އެހެންކަމުން، ފައިސާގެ ދަތިކަން ހުރި ސަބަބު، އެމްޑީޕީން އޮޅުން ފިލުވަންވީ އަމިއްލަ ޕާޓީގެ ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ.

މިތަނުގައި މިހާރު ވެސް މިއޮތީ، ކިއުމުގެ މަރުހަލާގައި ފަސް ބިލެއް.. ބޮޑެތި މަސައްކަތަކެއް ކުރަން.. އެހެން ނަމަވެސް އޭރުގައި ތިބި ކިޔަވާކުދިންނަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް މި ސަރުކާރުން 12 މިލިއަނަށް ވާ ޑޮލަރު ޓްރާންސްފާކޮށްފި އޭ.. މި ނުކުރެވި ހުރީ ކީއްވެގެން ތޯ.. މި ހުރިހާ ލާރިއެއް ކާލައިގެން ނައްޓާލީ.. އެއީ މީގެ ހުރިހާ ވެސް މައްސަލައަކީ.. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 62 ބިލިއަނުން ގައުމު ދަރުވާލިއިރު މި ކުދިންނަށް ނުދީ ދިޔަތޯ އައްސަވާ.. އޭރުން ސާފުވާނެ..

ރިފާއު ވިދާޅުވީ، އެމްޑީޕީން ގައުމު ދަރުވާލައި އެހެން ސަރުކާރަކަށް އެ ވާރުތަ ކުރުމަށް ފަހު ވާހަކަ ދެއްކުމުން އެކަން ދެކޮޅު ނުޖެހޭކަމަށެވެ. އަދި މަޖިލީހުގައި ހުރި މަސައްކަތްތަކާއި އެކު، މެމްބަރުކަމުގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރުމަށް ރިފާއު އެމްޑީޕީއަށް ގޮވާލި އެވެ.

ރައްޔިތުންގެ އެއްވެސް ހައްގެއް އުނިވާ ގޮތަށް މަޖިލީހުގެ ތެރެއިން އެއްވެސްކަމެއް ވުމަށް ފުރުސަތެއް ނެތްކަމަށް ތަކުރާރު ކުރައްވައި ރިފާއު ވިދާޅުވީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ އެ ސަބަބާ ހުރެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: