ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދެބޯގެރި” ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ފައްޔާޒް ގޮވާލައްފައިފި

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

“ދެބޯގެރި” ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަބް ކުރުމަށް މި ސަރުކާރަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި މި ވަނީ ގައުމުގެ އިގްތިސާދީ ހާލަތު މެނޭޖުކުރުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކޮށްފައިވަނިކޮށެވެ.

އެގޮތުން އަޅަން ނިންމި ފިޔަވަޅުތައް:

  1. ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުން.
  2. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ދެން އަންނަ ދައުރަކަށް ކުޑަކޮށް 77 އަށް ބަދަލު ކުރުން.
  3. އެއް މަސައްކަތްތަކެއް ކުރާ ކޮމިޝަންތައް އެއްކޮށްލައި، މުވައްސަސާތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުން.

ފައްޔާޒް ވިދާޅުވީ ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. ކައުންސިލްގެ އަދަދު މަދުކުރުމާއި، މަޖިލިސް އަދަދު މަދުކުރުމާއި، މިކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭކަމަށެވެ.

ނަމަވެސް “ދެބޯގެރި” ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. މާލިއްޔަތު ރަނގަޅުކަމަށް ވަޒީރުން ވިދާޅުވާއިރު، އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ. މިކަންކަން ހަމަ ގައިމުވެސް ހުރީ ނުވެ.

ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށް، ރަށް ރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރާކަން ރައްޔިތުންނަށް ސާފުވާން ޖެހޭނެކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، މިކަންކަން ހާމަކުރުމަކީ އުނދަގޫކަމެއް ނޫންކަމަށެވެ. އަދި މިއީ މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތުކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ނޭނގޭކަމަށްވާނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

އެމްޑީޕީއިން ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ނަމަވެސް މާލީ ހާލަތު ‘ވާނުވާ’ ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައެޅުއްވިއެވެ. ނަމަވެސް މި މައްސަލަ ޕީއެންސީގެ ސުޕަރ މެޖޯރިޓީއިން ވަނީ ބޭރުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: