އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިންގެ ނަން ހުށައަޅުއްވައިފިއެވެ.
މިކަން ހާމަކޮށް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވަމުންގެންދަވާ، ޕާރޓީގެ ލީގަލް ޑިރެކްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ހިސާން އައްޔަން ކުރުމަށް ގަސްތުކޮށްފައިވާކަމަށެވެ.
އެހެންކަމުން އެކަމަނާ އެ މާގާމަށް ޢައްޔަނު ކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
މި ނިންމުން ނިންމުމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުވުމުން އެކަމަށްވެސް ވިސްނުން ބަހައްޓާފައިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

