ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މޮނިޓާ ކުރެވޭނެ ނިޒާމެއް ކަނޑައަޅަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މޮނިޓާ ކުރެވޭނެ ނިޒާމެއް ކަނޑައަޅަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ޤަވައިދުން ބަލައި މޮނިޓާކުރެވޭނެ ދައުލަތުގެ ނިޒާމެއް ޤާއިމްކުރުމަށް އިޖުތިމާއި އަދި ޢާއިލި ތަރައްޤީ އާއި ބެހޭ ވުޒާރާއިން ކަނޑައެޅުމަށް ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދައުލަތުގެ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ ރަށެއްގެ ކޮންމެ ގޭބީސީއެއްގައި ހުރި މިފަދަ ފަރާތްތަކުގެ މައުލޫމާތު އެއްކުރެވިގެންދިއުން މުހިންމު ކަމަށެވެ.

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ދައުލަތުން އެލަވެންސް ދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް މަރުކަޒުކުރެވިގެން ޚިދުމަތްތަކެއް މިހާރު ވެސް ފޯރުކުރެވެމުންދާ ކަން ވަނީ ފާޙަގަކުރައްވައިފައެވެ. އެހެން ނަމަވެސް ރާއްޖޭގެ އާބާދީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ މުޅި ޖުމްލަ އަދަދާއި އަދި އެފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ދަފްތަރެއް އެއްވިއުގައެއްގެ ތެރެއިން ބަލާލެވޭނެ ނިޒާމެއް މިހާތަނަށް ޤާއިމްކުރެވިފައި ނުވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަޖިސްޓްރީވުމަށް ދަފްތަރެއްވަނީ ހުޅުވައިލެވިފައެވެ. އަދި މިހާތަނަށް މި ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ އަމިއްލައަށް ބޭނުންވެގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި ރަޖިސްޓްރީ ވުމަށްފަހު، ޤަވައިދުން އެމީހުންގެ ހާލަތު ބަލައި މޮނިޓާރކޮށް އެފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރެވޭނެ ނިޒާމެއް މިހާތަނަށް ޤާއިމްވެފައި ނެތް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެހެން ކަމުން އެފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ދަފްތަރެއް މިހާތަނަށް އެކުލަވާލެވިފައި ނުވުމަކީ ރާއްޖޭގެ އާބާދީގައި ދައުލަތުގެ ޚާއްސަ ސަމާލުކަން ބޭނުންވާ ބަޔަކު ތިބި ނަމަވެސް، އެމީހުން ބާކީވެގެން ދިއުމުގެ އިހުތިމާލު އޮތްކަމެއް ކަން ފާޙަގަކުރައްވައިފައި ވެއެވެ.

މިފަދަ ސަބަބުތަކާއި ހުރެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމަށްޓަކައި، ޤައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމައިފައި ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެެ.

ސާވޭގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗަށް އެފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވާލެވި، ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގޭބީސީއެއްގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބަލާލެވޭނެ ނިޒާމު ޤާއިމްކުރެވިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވާނަމަ އެކަން ދެނެގަނެވި އެމީހުންނަށް ފުރަތަމަ މަރުހަލާގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ދަފްތަރު އެކުލަވައިލައި އޭގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތްތައް ކުރެވެން ފެށުމުން އެފަރާތްތަކަށް ަދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ އިތުރުން އެމީހުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އާއިލީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއެކު އެމީހުންނަކީ އަބުރުވެރިކަމާއެކު މުޖުތަމައުގައި އުޅޭ ބަޔެއްކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އުލަތުން ފޯރުކޮށްދޭ އެލަވަންސްގެ ފައިދާ އެމީހުންނަށް ކުރާ މިންވަރު ޤާއިމްކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: