ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 53 ޕަސެންޓް ނިމިއްޖެ: އެމްޓީސީސީ

ށ. މިލަންދޫގައި ކުރިއަށް ގެންދާ ބަނދަރު އެޅުމުގެ މަޝްރޫއު ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ( އެމްޓީސީސީ ) އިން ބުނެފިއެވެ.

އެ ކުންފުނިން “ އެކްސް “ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި ބަނދަރުގެ ޕޭވިންގ މަސައްކަތްތަކުގެވެސް 22 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން ހިމެނެއެވެ. އަދި 72,938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުން ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެ ރަށުގައި ކުރެވޭ އިތުރު މަސައްކަތްތަކަށް ބަލާއިރު، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 316 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ކަނޑައަޅައިފައެވެ. އެމްޓީސީސީ ބުނެފައިވަނީ އެ ރަށުގައި ބުރިޖެއް ހެނދުމުގެ މަސައްކަތްވެސް ކުރިވިގެންދާނެ ކަމަށެވެ. އެއީ 20 މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ބްރިޖެކެވެ.

މީގެ އިތުރުން، 54 މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ނިންމައިފައިވާ ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. އެމްޓީސީސީ އިން ބުނީ މި މަޝްރޫއަކީ ޖުމްލަ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ށ. މިލަންދޫއަކީ 3000 އާއި ގާތްކުރާ އަދެއްދެއްގެ އާބާދީއެއް އޮންނަ ރަށަކަށް ވާއިރު، އެރަށުގައި އެއާރޕޯޓްގެ މަޝްރޫއުއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ބާޖެޓް ކަނޑައަޅައިފައެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: