ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔަވާ ނިމި ޒުވާނުން ޖެހެނީ އެއްވެސް ތައުލީމެއް، ތަމްރީނެއް ނެތް މީހެއްގެ ދަށުން މަސައްކަތް ކުރަން: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދުތައް ކުޑަކުރުމުގެ ނަމުގައި ފިޔަވަޅު އެޅުމަށް އިއުލާނު ކުރުމަށް ފަހު، ސަރުކާރުން ބޮޑު މުސާރަ ދީ އަދިވެސް މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއި އެކު ވެސް، އެމްޑީޕީން ވަނީ ސިޔާސީ މަގާމުތަކުގެ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެކަމަކު ވަގުތު ބޭކާރުކޮށް، މަސައްކަތްތަކަށް ހުރަސް އެޅުމަށް ޖާގަ ނުދޭނެކަމަށް ބުނެ އެ މައްސަލަ ޕީއެންސީ މެމްބަރުން ވަނީ ބޭރުކޮށްލާފަ އެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅި، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ބަހުސްގައި މީކާއިލް ވިދާޅުވީ މި ސަރުކާރުން ތައުލީމުގެ އަގުވަޒަން ކުރާނެކަމަށް ބުނުމަށް ފަހު ބަހާ އަމަލާ ދިމާ ނުވާކަމަށެވެ. ކިޔަވާ ނިމި، ތައުލީމު ފުރިހަމަކޮށް އަންނަ ދަރިވަރުން މަސައްކަތް ކުރަން ޖެހެނީ ޕާޓީގެ އެކްޓިވެސްޓެއްގެ ދަށުގައިކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ އެކަމާ ދެކޮޅަށް އަޑުއުފުލި ބަޔަކީ ޕީއެންސީ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ބޭނުންވާކަމަށް ބުނެ، ބޭރުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދަރިވަރުންގެ ޑޮލަރު ލިމިޓާއި ލޯނު ފައިސާ ޖަމާ ކުރުން ލަސްކޮށް ދަތިތައް ތިމާވާ ގޮތަށް އަމަލު ކުރަމުންދާކަމަށެވެ. އެކަމަކު ހަމަ އެ ނޭވާގައި، ސަރުކާރުން ބޭނުންވާ ގޮތަކަށް، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށް ބޮޑެތި މުސާރަތައް ދެމުން ގެންދާކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ސަރުކާރުގެ މިނިސްޓަރީތަކަށް ސްޓޭޓުން އައްޔަނުކޮށް، ކުންފުނިތަކަށް ކޮންސަލްޓަންޓުން ވެސް ނަގަމުންދާ ކަމަށެވެ.

ހަމަ އެ ނޭވާގައި، އެބަ ލާ ސްޓޭޓް މިިނިސްޓަރުން.. އިއްޔެ ވެސް ލައިފި ސްޓޭޓް މިނިސްޓަރެއް… ޓޫރިޒަމް މިނިސްޓްރީއަށް.. އޭގެ ކުރީ ދުވަހު ލައިފި އެންވައިރޮމެންޓް މިނިސްޓްރީއަށް… ޑެޕިއުޓީ މިނިސްޓަރެއް.. އޭގެ ކުރީ ދުވަހު ކޮންމެ ވެސް ކުންފުންޏަކަށް ލައިފި ތިރީސް ފަސް ހާސް ރުފިޔާއަށް ކޮންސަލްޓެންޓުންތަކެއް.. މިއީތޯ އޭ މި ސަރުކާރުން ޒުވާނުންނާއި، މަތީ ތައުލީމު ހާސިލު ކުރަމުން ގެންދާ ދަރިވަރުންނަށް މި ސަރުކާރުން، ނަމޫނާ ދައްކާ ގޮތަކީ..

މީކާއިލް ވިދާޅުވީ ސަރުކާރުން ދަނީ، ވަކިވަކި ފަރުދުންގެ ވިޔަފާރިތައް ޕްރޮމޯޓު ކުރަމުންކަމަށާއި، އެ ނޫން ނިޔަތެއް ސަރުކާރުގެ އޮތްކަމަށް ނުބެލެވޭ ކަމަށެވެ.

މީގެއިތުރުން މީކާއިލް ވަނީ، ސިޔާސީ މަގާމުތަކަށް ގެންނާނީ، އިލްމީ ގާބިލު ބޭފުޅުންކަމަށް ރައީސް މީގެ ކުރިން ވިދާޅުވިކަމަށެވެ. އެކަމަކު، ފެންނަނީ އެ މަންޒަރު ނޫންކަން ފާހަގަކޮށް ވިދާޅުވީ، އިލްމާއި ތައުލީމަށް ސަރުކާރުން އިހުތިރާމުކޮށް ގަދަރެއް ދޭނަމަ މަގާމުތަކަށް އައްޔަނު ކުރުމުގައި ސަމާލުކަން ދޭނީ ތައުލީމީ ޒިވާނުންނަށް ކަމަށެވެ.

މުޅި އުމުރު މައިންބަފައިން އެއްކުރާ ފައިސާއިން، މަސައްކަތްކޮށްގެން ދިވެހިރާއްޖޭގައި ރަނގަޅު މަސައްކަތެއް.. ރަނގަޅު މަސައްކަތެއް ކުރުމަށް އަންނަ ދަރިވަރުންނަށް އެ ފުރުސަތެއް ނޯވޭ.. ރަނގަޅު މަސައްކަތެއް ކުރަން އަންނަ ކުއްޖާ ހުންނަން މިޖެހެނީ، އިހަކަށް ދުވަހު ޕީޕީއެމް/ޕީއެންސީގެ ދިދަ ހިފައިގެން މަގުމަތީގައި ހޫރެމުން ދިޔަ… އެއްވެސް ތައުލީމެއް އެއްވެސް ތަމްރީނެއް.. ކިޔެވި އެއްވެސް ތައުލީމީ މަރުކަޒެއް ރާއްޖޭގައި އެ ނޫންތަނެއްގައި ހައްދަވައިގެން ނެތް ބައެއްގެ ދަށުގައި މަސައްކަތް ކުރަން އެ ކުދިން ތިބެން ޖެހެނީ..

މީކާއިލް ވިދާޅުވީ، ފަންނީ މަސައްކަތްތަކުގެ ތެރޭގައި ނުވަތަ އެކަމަކަށް އަހަރުތަކެއް ހޭދަކޮށް ތައުލީމު ފުރިހަމަ ކުރަން ޖެހޭ ދާއިރާއެއްގައި ކިޔަވާ ނިމި އަންނަ ޒުވާން ކުއްޖެއް ޕީޕީއެމް/ޕީއެންސީގެ މަގުމަތީ ހަރަކާތްތަކުގައި އުޅުނު ބައެއްގެ ދަށުން މަސައްކަތް ކުރަން ޖެހުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ. އަދި ގިނަ ފަހަރަށް އެގޮތަށް ހެޑުންގެ ގޮތުގައި ތިބޭ ބަޔަކީ، އެއްވެސް ތަމްރީނެއް އަދި ތައުލީމެއް ވެސް ނެތް ބައެއްކަމަށް މީކާއިލް ވިދާޅުވި އެވެ.

މީގެއިތުރުން މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވެސް ކޮންމެވެސް އިލްމެއް ހުރެގެން އާދެވޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. އޭގެ ބޭނުމަކީ، ޒުވާނުން ބާރުވެރި ކުރުވައި، ކަރައިޓީރީއާއެއް ކަނޑައެޅުމަށް ފަހު ގައުމަށް ފައިދާހުރި މަސައްކަތް ކުރުންކަމަށް މީކާއިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: