ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔެވުމަށް ބުރޫއަރާ އެއްވެސްކަމެއް ނުވާނެ، ދަރިވަރުން ހާލުގައި ނުޖައްސާނަން: ހަޔަރ އެޑިއުކޭޝަން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖެއިން ބޭރުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދިވެހި އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދުވެރި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއިން ބޭރުގައި ސަރުކާރުގެ ސްކޮލާޝިޕާއި، ސްޓޫޑަންޓް ލޯނުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދަރިވަރުންނަށް ފައިސާ ޖަމާ ނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި މިއަދު ވެސް އެކަމާއި ގުޅުވައި މައްސަލައެއް ހުށަހެޅި އިރު މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ކުރީ ކޮލެޖްތަކަށް ޔުނިވާސިޓީގެ ދަރަ ޖަދޭ ކްރައިޓީރިއާ ދަށްކުރަން މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. ބަހުސްގައި އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ސަރުކާރުން ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ނުދޭކަމަށާއި ޑޮލަރު ލިމިޓު ކުރުމުގެ ސަބަބުން ވެސް ދަތިތައް ދިމާވާތީ ބެލެނިވެރިންގެ ޝަކުވާތައް ކެނޑިނޭޅި ލިބެމުންދާކަމަށެވެ.

ސަރުކާރަށް ނިސްބަތްވާ، ޕީއެންސީގެ މެމްބަރުން އެ ވާހަކަތައް ދިފާއުކޮށް ވިދާޅުވީ މިހާތަނަށް 12 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ދަރިވަރުންނަށް ޖަމާކޮށްފައިވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ދަތިތައް ދިމާވީ، ކުރީގެ ސަރުކާރުގެ ސަބަބުންކަމަށާއި، ފައިސާ ޖަމާ ނުކޮށް ލަސް ކުރީ ވެސް އެމްޑީޕީގެ ވެރިކަމުގައިކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ތަފާތު އެކި ގޮތް ގޮތަށް ވާހަކަ ދެކެވޭއިރު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިއުމެއްގައި ވަނީ ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުން ދާކަމަށެވެ. އަދި އެ ދަރިވަރުންގެ ކޯސްފީއާއި ލިވިންގ އެލަވެންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، މިނިސްޓަރީން ދައްކަމުން ދާކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ، ބައެއް ޕޭމަންޓުތައް ޖަމާ ކުރުމުގައި ލަސްތަކެއް ދޭތެރެއަކުން ދިމާވި ނަމަވެސް އެއީ އަލަށް ދިމާވިކަމެއް ނޫންކަމަށެވެ. މީގެ ކުރިން ވެސް އެފަދަ ހާލަތްތައް ދިމާވެފައިވާނެކަމަށާއި، އާންމުކޮށް ޕޭމަންޓުތައް ލަސްވުމަށް ދިމާވާ މަގައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މި މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމަށް ވަގުތު ނެގުންކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބުނެފައި ވަނީ މިހާރު މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، ހަލުވިކުރުމަށް ކަމަށެވެ.

ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށް ޤަބޫލުކުރަމެވެ. އެއީ މިއަދަކު އެކަނިވިކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ޙާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ. ޢާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މި މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތެވެ. ކަންމިހެން ހުރުމާއެކު، މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ޚިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންނެވެ.

ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ކިޔަވަމުން ދާ ހުރިހާ ދަރިވަރުންނަށް ވެސް ދޭން އޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދުވެރި ނުވާނެކަމަށެވެ. އަދި ދިވެހި ދަރިން ހެޔޮ ގޮތުގައި ބިނާކޮށް ގައުމު އާރާސްތު ކުރުމުގައި އެ ކުދިންގެ ހިއްސާ އިތުރު ކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭނެކަމަށް ވަނީ ބުނެފަ އެވެ.

ލޯނު ފައިސާއާއި ގުޅުވައި ހަގީގަތެއް ނެތް ވާހަކަތައް ފެތުރޭތީ މިނިސްޓްރީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، އަމަލު ނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: