ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައި ފުލުހުންނާއި ސިފައިން ހަރަކާތްތެެރިވާން ފަަށައިފި އެވެ.
މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބި، ސަރަހައްދު އެއްކޮށް ފުލުހުންނާއި ސިފައިން ބަންދު ކުރި އެވެ.
އެއްޗެއް ގޮވާފައި ވަނީ ގަލޮޅު ކަންމަތީ ޕާކުކޮށްފައި އޮތް ހުދު ވޭނެއްގަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.
ސިފައިން ވަނީ، އެ ސަރަހައްދުން ބޭނުންވާ ފޮރިންސިކް ހެކި ނެގުމަށް ފަހު ގެންގޮސްފައި ވަނީ އެއް ސީލްޑް ބޭގް ވަނީ ގެންގޮސްފަ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންނާ ސަންގުގެ ނޫސްވެރިން ސުވާލު ކުރުމުން ބުނީ، އިވުނީ ބާރުގަދަ އަޑެއްކަމަށެވެ. އަދި ދުމުގެ އަސަރެއް އެވަގުތު ނެތްކަމަށެވެ.

