ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލާ ހަކަތަ ޖެހުމަށް ރަށް ރަށަށް ކަނޑައަޅާފައި އޮތް ލިސްޓަށް ހައްލު ހޯދާނަން: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯލާ ހަކަތަ ޖެހުމަށް ރަށް ރަށަށް ކަނޑައަޅާފައި އޮތް ލިސްޓަށް ހައްލު ހޯދާނެކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން ކ.ހިންމަފުށީގެ މަގުތަކުގައި ސޯލާ މަގު ބައްތި ޖެހުމުގެ މަސައްކަތް ނިންމާ ޚިދުމަތް ފެށުމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ސަރުކާރުން އަބަދުވެސް އިސްކަންދެނީ ކައުންސިލްތަކަށް ލުއިގޮތްތައް ހޯދައިދިނުމަށްކަމަށް ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ގޮތުން ކައުންސިލްތަކުގައި ހުރި ދަތިތައް ސަރުކާރުން ބަލަމުންދާކަމަށެވެ. ކައުންސިލްތައް ބާރުވެރިކުރުމަށް ބޭނުންވާ ބާރުތައް ދޫކޮށްލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ކައުންސިލްތަކުން ދެވޭނެ މަގު، ކައުންސިލްތަކަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ.

އުންސިލްތައް ހިންގުމުގެ ޚަރަދު ކުޑަކުރާނެކަމަށާއި، އަދި ކައުންސިލްތަކަށް މާލީ މަންފާ އިތުރު ކުރެވޭނެ ގޮތްތައް ފަހި ކުރުމުގެ ސިޔާސަތުތައް ސަރުކާރުން ބައްޓަން ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސޯލާ ޖެހޭ ލިމިޓަށް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ހިންމަފުށި ކައުންސިލް ފާހަގަކުރިގޮތަށް މިހާރު ރަށްރަށުގައި ސޯލާޖެހެނީ ވަަކި ލިމިޓަކަށް. ބައެއް ރަށްތަކުގައި ލިމިޓް ހަމަވެ، އިތުރަށް ސޯލާގެ ހުއްދަ ދޫނުކުރެވި އެބަހުރި. މިކަމަށް ޙައްލެއް ގެނެސްދޭނަން.

އާދަމް ޝަރީފް ވިދާޅުވިއެވެ.

ރަށު ފެންވަރުގައާއި ޤައުމީ ފެންވަރުގެ މަޝްރޫޢުތަކަށްވެސް ޗައިނާގެ ސަރުކާރުން އެހީތެރިކަން ދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ނުވަތަ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި މަސައްކަތުގެ ދަށުން ހިންމަފުށީގައި ސޯލާ މަގު ބައްތި ޖެހުމުގެ މަސައްކަތުގެދަށުން 165 ބައްތި ޖަހާފައިވާއިރު، މިއީ %100 އިރުގެ އަލި ބޭނުންކޮށްގެން އުފައްދާ ކަރަންޓުން ދިއްލާ ބައްތިތަކެއްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: