ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ރާއްޖޭގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް ބައިނަލްއަގްވާމީ އިދާރާތަކުން ފާހަގަކުރޭ: ޢަފޫ

ކެންދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދު މަޑުމަޑުން ހަމަޔަކަށް އެޅި، ރާއްޖޭގެ އިގްތިސާދު މިވަގުތު ހުރީ ރަނގަޅު މިސްރާބަކަށްކަމަށް ބައިލްނަލްއަޤްވާމީ އިދާރާތަކުން ރިޕޯޓު ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެއެވެ.

މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ހަރަދު ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އެޅުމަށް ނިންމައި ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފަ އެވެ. އަދި ދަރަނި މެނޭޖު ކުރުމާއި، ފިކްސަލް ޒިންމާގެ ބިލެއް މަޖިލީހަށް ހުށަހަޅައި މަސައްކަތް ފެށިއިރު ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް އިސްލާހުތައް ހުށަހެޅުއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

ސަރުކާރުން މިވަގުތު ކުރަމުން ދާ މަސައްކަތްތައް ފާހަގަކުރައްވައި ސަންގު ޓީވީގެ ”ޙަބަރަށްފަހު“ ޕްރޮގުރާމުގައި އަފޫ ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ މިސްރާބު ދަނީ ރަނގަޅަށް ކަމަށާއި ދަޢުލަތުގެ ރިކަރަންޓް ޙަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޢަފޫ ވިދާޅުވީ ނިމިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މިއަހަރާއި އަޅައި ބަލާއިރު 5 ބިލިއަން ރުފިޔާގެ ފަރަގެއް ވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ޙަރަދު ކުޑަކޮށް އުފެއްދުންތެރިކަން އިތުރުކުރުން ކަމުގައި ވަނީ ވިދާޅުވެފައެވެ.

އަފޫ ވިދާޅުވީ، ނިމިދިޔަ 5 އަހަރުގެ ތެރޭގައި 64 މިލިއަނާއި ގާތްކުރާ އަދަދަކަށް ދަރަނި ނެގި ނަމަވެސް އެކަމުން އާމްދަނީ އިތުރުވާނެ ފަދަ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގެ އިސްވެރިން އަމިއްލަ މަންފާއަށް ބޮޑެތި ޙަރަދުތައްކުރި ނަމަވެސް ޤައުމުގެ ޙާލަތަށް ވިސްނަވައި ނުލައްވައި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

 ދައުލަތުގެ ރިކަރަންޓްގެ އަދަދު ކުޑަކޮށްފައި އުފެއްދުންތެރިކަން އިތުރުކުރެވޭތޯ މަސައްކަތް މި ކުރެވެނީ، މި ބަލަންޖެހެނީ މިދިޔަ 5 އަހަރުގެ ތެރޭގައި ގައިގނޑަކަށް 64 ބިލިއަން ރުފިޔާއަށް ދަރަނި ނެނގުނު އިރު އޭގެއިން އާމްދަނީ ލިބޭ އެއްވެސް ކަމެއް ނެތް ކުރެވިފައި

މިއަދު ރައީސް ޑރ. މުހަައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ ޤައުމީ މަސައްކަތްޕުޅެއް ކަމަށް ޢަފޫ ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަމުގެ ނަތިއްޖާ ކުރިއަށް އޮތް މުސްތަޤުބަލްގައި ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށް މެމްބަރު ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑިޕީގެ ޗެއަޕާސަން ފައްޔާޒު އިސްމާއިލް ފައިސާ ޗާޕު ކުރުމާއި ބެހޭ ގޮތުން ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޢަފޫ ވަނީ އެމްޑީޕީގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕު ކުރަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދައިފައެވެ.

8 ބިލިއަންގެ އިތުރުން، އަދި ގާތްގަނޑަކަށް 15 ބިލިއަން ވުރެން މައްޗަށް އެބައަރައި އެކި އިންސްޓްރު މެންޓް ބޭނުންކޮށްގެން އެ ބޭފުޅުން ނެރުއްވައިފައި ހުރި ފައިސާ، ސަރުކާރުގެ ތެރެއިން އިންޖެކްޓްކުރާ

ޢަފޫ ވަނީ ދިވެހިރާއްޖޭގެ ދައުލަތުގެ ފައިސާއަކީ އެ އިރެއްގައި އޮންނަ ސިޔާސީ ބޮޑުން ބޭނުން ގޮތަކަށް ގެންގުޅުންވަން އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވިފައެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ ފައިސާއަކީ އެ އިރެއްގައި އޮންނަ ސިޔާސީ ބޮޑުން ބޭނުން ގޮތަކަށް މޮޑެން އޮންނަ ފުއްގަނޑެއް ނޫން

ޢަފޫ ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންފުޅުނަމަ ރައްޔިތުން މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ އާއެކު ފައިސާ ޗާޕު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ފައިސާ ޗާޕުކޮށްފިނަމަ އެކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފައިދާ ތަކެއް ނުވާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: