ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސްއާއި އެކު ވީއައިއޭއަށް ވިޔަފާރީގެ އައު ފުރުސަތުތަކެއް ލިބިގެން ދާނެ: ޝަރީފް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާރ ސާވިސް ކޮންގްރެސް ބާއްވާ ވަގުތަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަމުން ދާ ދަނޑިވަޅެއްކަމުން ހިދުމަތް ފުޅާކޮށް ތަރަައްގީ ކުރުމުގައި ބޮޑު އެހީއެއް ލިބިގެން ދާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، މިހާރު ތަރައްޤީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެއެވެ.

ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގައި ކުރިއަށް ގެންދާނެއެވެ.

އެއާ ސާވިސް ކޮންގްރެސް ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ވީއައިއޭގެ މެގަ ޕްރޮޖެކްޓު ނިމުމާއި އެކު އެއް ފަހަރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އެއާޕޯޓުގެ ގިނަ މަޝްރޫއުތަކެއް މިވަގުތު ކުރިޔަށް ދާއިރު، ކޮންގްރެސްގެ ސަބަބުން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެެރުންތައް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. މި ހަރަކާތުގެ ތެރެއިން، ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

އިގްތިސާދުގެ މައި ހަބަކަށް އެއާޕޯޓު ހެދުމަށް ކުރާ މަސަައްކަތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ވެސް މި މަޝްރޫއުތަކާއި ގުޅިފައިވާކަމަށެވެ. އެހެންކަމުން، އެއާޕޯޓުގެ ހިދުމަތްތައް އެއް ހަމައެއްގައި ފަސިންޖަރުންނަށް ދެވިގެން ދާނެކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއަރ ސާރވިސް ވޯލްޑް ކޮންގްރެސް ފަދަ ބައިނަލް އަގުވާމީ ބޮޑު އިންވެންޓެއް ބޭއްވުމުގެ މުހިއްމުކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ.  މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.

ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއިއެކު، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: