ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި އެމެރިކާއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަނީ!

މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގެން، އެމެރިކާގެ ވިޔަފާރިވެރިންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި އެމެރިކާއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް އެ ގައުމުގެ ވިޔަފާރިންނާއިއެކު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިވަގުތު އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުން އިންތިޒާމު ކުރީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސްއިންނެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީއިން ބުނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާއި ބެހޭ މައުލޫމާތު އެމެރިކާގެ ވިޔަފާރިވެރިންނާއި ހިއްސާ ކުރައްްވާފައިވާކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުގައި، ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮންނަ ވިޔަފާރި އާއި އިންވެސްޓުމަންޓުގެ ގުޅުން ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓްރީއިން ބުނިއެވެ. އަދި ގިނަ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށްވެސް ބުނިއެވެ.

ވިޔަފާރީގެ އިންވެސްޓްމެންޓްތައް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިނިސްޓަރު ސައީދު ވަނީ، ސައުދީ އަރަބިއްޔާ އާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފައެވެ. މި ދަތުރުތަކުގައިވެސް ރާއްޖެއިން ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން އެ ގައުމުގެ އިންވެސްޓަރުންނާއި މައުލޫމާތު ހިިއްސާ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: