ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާރ ސާވިސް ކޮންގްރެސްއިން ދާއިރާއާއި ގުޅޭ ހިދުމަތް ފުޅާ ކުރަން ފުރުސަތުތައް ލިބޭނެ: އަމީން

ް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާ ސާވިސް ކޮންގްރެސްގެ ސަބަބުން، ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިފަދައިން ވިދާޅުވީ، އެއާ ސާވިސް ކޮންގްރެސް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށެވެ. އަދި މިފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކުން ރާއްޖޭގެ އިގްތިސާދު ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެކަމަށް ވެސް ވިދާޅުވި އެވެ.

ކޮންގްރެސްއިން ލިބޭނެ ކުރިއެރުންތައް ފާހަގަކޮށް، އެއަރ ސަވިސް ވޯލްޑް ކޮންގްރެސްއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް ބައިވެރިންނަށް އަމީން އިލްތިމާސް ކުރެއްވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކޮންގްރެސްގެ ސަބަބުން މިހާރު ހިންގާ އެއާލައިންތަކުގެ ނެޓްވޯކު ފުޅާ ކުރުމަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. އަދި ކޮންގްރެސްއަކީ އެއާލައިންތަކާއި އެކު ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެވޭނެ ފަދަ ބައްދަލުވުމެއްކަން އަމީން ފާހަގަކުރެއްވި އެވެ.

އަމީން ވިދާޅުވީ ރާއްޖެއަށް ދަތުރު ކުރާ އެއާލައިންތަކާއި، ޑައިރެކްޓު ފްލައިޓުތައް ވެސް އިތުރު ކުރަން ޖެހޭކަމަށެވެ. އެހެންކަމުން އެއާލައިންތަކުގެ ރޫޓުތައް އިތުރު ކުރުމަށް ވެސް ބައްދަލުވުން ވެގެން ދާނީ ބޮޑު އެހީއަކަށްކަމުގައި ވިދާޅުވި އެވެ.

ކޮންގްރެސްއިން ފަތުރުވެރިކަމަށް ކުރާނެ ފައިދާތައް ފާހަގަކުރައްވައި އަމީން ވިދާޅުވީ މިއީ އައު ކުންފުނިތަކާއި އެކު މަސައްކަތް ކުރުމަށް ވެސް ލިބޭ ފުރުސަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އިބްރާހީމް ފައިސަލްއާއި މިސިނާއަތުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރުގެ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ.  މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.

މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: