ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން މަސައްކަތް ކުރުމުގައި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުން މުހިންމު: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ގާނޫނުއަސާސީ ވުޖޫދުވެ، ތަންފީޒު ކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކުރި ހޭދައާ މެދު ވިސްނުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެމްބަރުންނަށް އަމާޒުކޮށް، ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވައި، ނާޒިމް ވަނީ މަޖިލިސް މެދުވެރިކޮށް އަޅަމުން ދާ އިސްލާހީ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވާފަ އެވެ. އަދި ރައްޔިތުންނަށް އިސްކަން ދީ މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

ނާޒިމް ވިދާޅުވީ މަޖިލީހަށް މުޅިން އައު މެމްބަރުންތަކެއް އިންތިހާބުކޮށް، ރައްޔިތުން ހަވާލު ކުރީ ވަރަށް ބޮޑު ޒިންމާއެއްކަމަށާއި އެ ރައްޔިތުންގެ ބޮޑު އުންމީދެއް މެމްބަރުންނާ ގުޅިފައިވާކަމަށެވެ. އަދި ވިދާޅުވީ، ހުރިހާ މެންބަރުންވެސް އެ ބޭފުޅުންގެ ޒިންމާތައް އަދާ ކުރެއްވުމުގައި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ.

2008 ވަނަ އަހަރު ވުޖޫދުވި، އައު ގާނޫނުއަސާސީއަށް 15 އަހަރު ވެގެން ދިޔައިރު މި އަހަރުތަކުގައި ގާނޫނުއަސާސީ ތަންފީޒު ކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކުރި ހޭދަތަކާއި މެދު ވިސްނާލުން މުހިންމުކަމަށް ނާޒިމް ވިދާޅުވި އެވެ.

އަހަރުތަކުގައި ޤާނޫނުއަސާސީ ތަންފީޒު ކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކުރި ހޭދަތަކާއި މެދު ވިސްނާލަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވަނީ މިއަދުގެ ހާލަތަށް ބަލައި މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާޙީ ފިޔަވަޅުތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭ

މީގެއިތުރުން ނާޒިމް ވަނީ މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ބާރުއަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިޙުސާސްތަކަށް ރިއާޔަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި، އަމިއްލައަށް ޖަވާބުދާރީ ވުމާއި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް އަމާޒުކޮށް، ނާޒިމް ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވަނީ، ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ވަނީ އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުމަށްވެސް އެދިވަޑައިގަތެވެ.

އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ޙަޤީޤީ މާނައިގައި ރައްޔިތުންގެ އިޙުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން

ވެސްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މަޢުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: