ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖު ކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާ ކުރާ ކަންކަން ގިނަވެ، ފިޔަވަޅު އަޅަނީ!

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނީގެ މައްސަލަތައް ހައްލު ކުރުމަށް، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އަމަލު ނުކުރާ މައްސަލަތައް ދެނެގަނެ، އެފަދަ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ތޯރިގް ވިދާޅުވީ ކުނި އެޅުން މަނާ ސަރަހައްދުތައް ގަވައިދުގައި ބަޔާން ކުރި ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދޭކަން ފާހަގަކުރެވޭ ކަމަށެވެ. ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން، އެ އުޅަނދެއްގައި އުފައްދާ ކުންޏާއި މެދު އަމަލު ކުރަން ޖެހޭ ގޮތް ބަޔާން ކުރި ނަމަވެސް އެއާއި ހިލާފަށް އެފަދަ އުޅަނދު ފަހަރުން ކަނޑަށާއި ރަށްތަކުގެ ހޭޅިފަށަށް ކުނި އަޅާ މަންޒަރު ފެންނަކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.

ތޯރިގު ވިދާޅުވީ މިފަދަ މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި، ގަވައިދާއި ހިލާފަށް އަމަލު ކުރާ މީހުން ދެނެގަނެ އެ މީހުންނާއި މެދު ރަށު ކައުންސިލްތަކާއި ގުޅިގެން ފިޔަވަޅު އެޅުމަށް މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށެވެ.

ކުނި މެނޭޖު ކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާ ކުރާ، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ކުނި ގެންދާ މައްސަލަ ވެސް ފާހަގަކުރެވިފައިވާކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަދަ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ އެކަށީގެންވާ ހަރަދެއްގައި ނުކުރެވޭކަމަށެވެ.

މިކަމަށްވެސް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރުވަނީ މުޅިން އާ ގައުމީ ސިޔާސަތުތަކެއް އެކުލަވާލާ އެތަންފީޒުކުރަން ފަށާފަ. މި ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓަރ އަށް ރަސްމީކޮށް ހުޅުވާލުން. އެގޮތުން އަތޮޅުފެންވަރުގައި ޚިދުމަތް ދިނުމަށް އަތޮޅު ކައުންސިލްތަކަށްވެސް މިހާރު ހުރަހެއް ނެތް

ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީ ވެސް މިސިޔާސަތުގެތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިނިސްޓްރީން މިހާރު ވަނީ އެކުލަވާލައި، ގެޒެޓްކުރުމުގެ މަސައްކަތް ފަށާފައެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ ހަކަތައިގެ ދާއިރާއަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ”މަގޭ ސޯލާ“ ގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުވާލެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން އެވަރެޖްކޮށް މަހަކު 300 ޔުނިޓުގެ ކަރަންޓު ބޭނުންވާ ގެއަކުން 2 ކިލޯވޮޓު ގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކޮށްގެން ކަރަންޓު ބިލުން މަހަކު ގާތްތަނޑަކަށް 490 ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. މި އަދަދަކީ އެ މިންވަރަށް ކަރަންޓު ބޭނުންވާ ގެއެއްގެ ކަރަންޓު ބިލުން ގާތްގަނޑަކަށް 90 އިންސައްތައިގެ ކުޑަވުމެއްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: