ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާރ ސާވިސް ކޮންގްރެސްގެ ސަބަބުން ވީއައިއޭ އައު މާކެޓުތަކަށް ހުޅުވިގެން ދާނެ: މުޖްތަބާ

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާރ ސާވިސް ކޮންގްރެސްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާ ދާއިރާއެއްގައި ޕްރޮމޯޓު ކުރެވި، އާ ކެޓުތަކަށް ހުޅުވިގެން ދާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، މިހާރު ތަރައްޤީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެއެވެ.

ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރިވި އެވެ.

އެއާރ ސާވިސް ކޮންގްރެސް އިއްޔެ ނިންމާލި އިރު، ކާމިޔާބު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންދެވުނުކަން އެމްއޭސީއެލް ފާހަގަކުރެ އެވެ. އަދި މަންދޫބުންގެ ފަރާތުން ހިތްހަމަޖެހުން ފެނިގެން ދިޔަކަމަށް ބުންޏެވެ.

ކޮންގްރެސް ނިންމާލުމަށް ފަހު، މައުލޫމާތު ދެއްވަމުން މުޖްތަބާ ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންނާއި، ޓީމުގެ މަސައްކަތަށް ޑެލެގޭޓުން ތައުރީފު ކުރިކަމަށެވެ.

މުޖްތަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިކޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން އައު ރޫޓުތަކެއް ކަނޑައެޅުމުގެ ވާހަކަތައް ވެސް ދެކެވުނު ކަމަށެވެ. މުޖްތަބާ ވިދާޅުވީ މި ހަރަކާތުގައި، އެއާލައިންތަކާއި، ޓްރެވަލް އޭޖެންޓުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ހިމެނޭ އެހެން ފަރާތްތަކުގެ ބައިވެރިވި ކަމަށެވެ. އަދި ރާއްޖޭގެ ބައްދަލުވުންތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓު ކުރެވި ޓްރެެވެލް އިންޑަސްޓްރީއަށް މާކެޓު ކުރެވުނުކަމަށް ވިދާޅުވި އެވެ.

މާކެޓިންގެ ބޮޑު ފުރުސަތެއްގެ ގޮތުގައި މި އިވެންޓުގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ރާއްޖެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާ ދާއިރާއެއްގައި ޕްރޮމޯޓް ކުރެވޭނެ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި އެކްސްޕޯޝާގެ ސަބަބުން އައު އެއާލައިންތަކާއި ފަތުރުވެރިން ޝައުގުވެރިވެ، ރާއްޖެއަށް އިތުރު މާކެޓްތަކާއި ފުރުސަތުތައް ހުޅުވިގެންދާނެކަމަށް މާޖިދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: