ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕަށް ބަޑީގެ ހަމަލާއެއް ދީފި!

ޓްރަމްޕު ރައްކައުތެރިކަމާއިއެކު ގެންދިއުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑީގެ ހަމަލާއެއް އަމާޒުކޮށްފިއެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތުމުގެ ގޮތުން ކެމްޕެއިން ކުރައްވަމުންދާ ޓްރަމްޕަށް ބަޑީގެ ހަމަލާއެއް ދީފައިވަނީ އޭނާ ކެމްޕެއިން ހަރަކާތެއްގައި ޕޯޑިއަމްއެއްގައި ވާހަކަދައްކަވަމުން ދަނިކޮށެވެ. ނޫސްތަކުން ރިޕޯޓުކުރާގޮތުން އޭނާއަށް ހަމަލާ ދީފައިވަނީ އެތަނާއި 450 ފޫޓު ދުރުގައި ހުރި އިމާރާތެއްގެ ފުރާޅުމަތީގައި ފިލާ އޮވެ ސްނައިޕަރ ރައިފަލެއް ބޭނުންކޮށްގެނެވެ.

އާންމުވެފައިވާ ވީޑިއޯތަކުން އެތައް ފަހަރެއްގެ މަތިން ބަޑި ޖެހި އަޑު އިވިފައިވާއިރު، ޓްރަމްޕުގެ ކަނާތު ކަންފަތަށް ވަޒަނެއް އެރުމާއިއެކު އޭނާ ސަލާމާތީ ފިޔަވަޅެއްގެ ގޮތުން ތިރިވި މަންޒަރު ފެނިގެންދެއެވެ. އެއަށްފަހު އޭނާގެ ސެކިއުރިޓީންވަނީ ރައްކައުތެރިކަން ކަށަވަރުކޮށްފައިކަމަށްވާއިރު، އެހެނިހެން އޭންގަލްތަކުން ނަގާފައިވާ ވީޑިއޯތަކުގައި ކައުންޓަރ ސްނައިޕާރ ޓީމުތަކުން ހަމަލާ ދިން މީހާއަށް އަމާޒުކޮށް އަނބުރާ ބަޑި ޖަހާ މަންޒަރުވެސް ފެނިގެންދެއެވެ.

ޓްރަމްޕަށް މިކަމުގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާއިރު، އޭނާއަށް ހަމަލާ ދިން މީހާ މަރާލާފައިވާ ކަން މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ދައުރުވަމުންދާ ވީޑިއޯތަކުގެ ތެރޭގައި ޓްރަމްޕު ސެކިއުރިޓީ ޓީމުގެ ތެރެއިން ފަޅާލުމަށްފަހު އޮހޮރެމުންދާ ލޭތަކާއިއެކު ނުރުހުން ފާޅުކުރާ މަންޒަރުވެސް ފެނިގެންދާއިރު ފަހުން މީޑިއާތަކަށް ދެއްވި އިންޓަރވިއުތަކުގައި އޭނާވަނީ އަޒުމަށް އެއްވެސް ވަރެއްގެ ގުޑުމެއް އައިސްފައިނުވާކަން ހިއްސާކުރައްވާފައެވެ.

ސީކްރެޓް ސާވިސް އިންވަނީ މި ހަމަލާގެ ތެރޭގައި އާންމުންގެ މީހަކުވެސް ނިޔާވެފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި އިތުރު ބައެއް މީހުންނަށް އަނިޔާތައް ލިބުމުގެ ސަބަބުން ފަރުވާދެމުންދާކަންވެސް ކަށަވަރުކޮށްދީފައިވާއިރު ޓްރަމްޕަށް ހަމަލާދިން މީހާ ފުރާޅެއްގެ މަތީގައި މަރުވެފައި އޮތް މަންޒަރުވެސް ދައުރުވަމުން އެބަ ދެއެވެ.

ޓްރަމްޕާއި ވާދަކުރައްވަމުންދާ މިހާރުގެ ރައީސް ޖޯ ބައިޑެންވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއީ ހަޑިހުތުރު އަމަލެއް ކަމަށް ސިފަކޮށްފައިވާއިރު އެފަދަ އަނިޔާވެރި އަމަލުތަކަށް އެ ގައުމުގައި ޖާގަ އެއް ނެތްކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ޓްރަމްޕު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސަލާމަތީ ހިދުމަތްތައް ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރުވެރިވާކަަމަށެވެ. އަދި ހަރަކާތުގައި ހުއްޓާ ނިޔާވެފައިވާ ރައްޔިތު މީހާގެ އާއިލާއަށްވެސް އޭނާވަނީ އިހުތިރާމް އަދާކުރައްވާފައެވެ.

ޓްރަމްޕު ވިދާޅުވީ، މިފަދަ ކަމެއް އެމެރިކާގައި ހިނގާ ދިއުމަކީ ހައިރާންކުރުވަނިވި  ވަރުގެ ކަމެއްކަމަށެވެ. އަދި ބަޑި ޖެހި މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭކަމަށާއި އޭނާ މިހާރު މަރުވެފައިވާއިރު ވަޒަން އެރީ ކަންފަތަށް ކަމަށާއި އެއާއިއެކު ކަންފަތް ކައިރިން ބާރު ދުވެއްޔެއްގައި އެއްޗެއް އެނބުރެމުންދިޔަކަަން އެނގުނުކަމަށް ވިދާޅުވިއިރު، ބައިވަރު ލޭ އައުމުން ގޯހެއް ހިނގައިފިކަން ކަށަވަރުވިކަމަށްވެސް ބުނެފައިވެއެވެ. ޓްރަމްޕުވަނީ އޭނާ ކުރިއަށް އޮތް ކެމްޕެއިން ހަރަކާތަށް ބަދަލެއް ނުގެންނަވާނެކަންވެސް ކަށަވަރުކޮށްދީފައެވެ. އެގޮތުން ދެން ހަރަކާތް އޮންނާނީ އެމެރިކާގެ ވިސްކޮންސިންގް މިލްވާކީގައިކަމަށްވެސް ޓްރަމްޕާއި ގުޅުން ހުރި ސޯޝަލްމީޑިއާ އެކައުންޓުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: