ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޖޭގައި ކުރިޔަށް ގެންދާ މިޔަންމާ މައްސަލައަށް ތަދައްހުލުވުމުގެ ފުރުސަތު ރާއްޖެއަށް

ބަންޑާރަ ނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީ.ޖޭ) ގައި ކުރިއަށް ގެންދާ ދަ ގެމްބިއާ ވ. މިޔަންމާ މައްސަލައަށް ތަދައްހުލުވުމަށް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަތުމަށް އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފި އެވެ.

މިއީ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް“ ދަ ގެމްބިއާ ވ. މިޔަންމާ މައްސަލައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ބުނީ އައިސީޖޭގައި ކުރިއަށް ގެންދާ އެ މައްސަލައަށް ރާއްޖެއިން ވަނުމަށް ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. ރާއްޖެއިން މި މައްސަލައަށް ވަނީ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މާނަ ކުރުމާ ގުޅޭގޮތުންނެވެ.

މިއަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން އައީސީޖޭއަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު ހުށަހެޅީ ގެމްބިއާގެ ސަރުކާރުންނެވެ.

ބަންޑާރަ އޮފީހުން ބުނީ ރޮހިންޖާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބުދިނުމާ ގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކީ ދެމި އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: