ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސް ސޯލިހްއަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޚުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައީސް ސާލިޙްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި ކަމަށެވެ. އަދި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމާ މުއުމިނާ ހުސައިން ފުޅު ލެހެއްޓެވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލަހައްޓަވާށި“

ކުރީގެ ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: