ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސްވެފައިވާ ކައުންސިލްގެ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުން މާދަމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުން ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މާދަމާ ބާއްވާ ބައި އިލެކްޝަނުގައި އިންތިހާބު ކުރުމަށް ހަމަޖެހިފައި ވަނީ ހަމަޖެހިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރުންނެވެ.

މި ދައިރާގެ ގޮނޑިތައް ހުސްވެފައި ވަނީ، އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް އިންތިހާބުވުމުންނެވެ. ހުޅުމާލެ ދާއިރާގެ ގޮނޑި ހުސްވީ، ބާރަށު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އިބްރާހިމް ޝުޖާއު އިންތިހާބުވުމުންނެވެ.

މި އިންތިހާބުގައި ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި އިބްރާހިމް އަހުމަދު އަދި އެމްޑީޕީގެ ޓިކެޓުގައި ޝަމްޒޫން މުހައްމަދު ނައީމެވެ.

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންނަކީ، ޕީއެންސީގެ ޓިކެޓުގައި ފާތިމަތު އިޝާން އަލީ އަދި އެމްޑީޕީގެ ޓިކެޓުގައި ހައްވާ ޝިފާނާ އެވެ. އަދި މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި މުހައްމަދު އަލީ ޖިނާދު އާއި، ޕީއެންސީގެ ޓިކެޓުގައި ފާތިމަތު ޝައުފާ ސަލީމެވެ.

މީގެއިތުރުން ހުޅުމާލެ ދާއިރާއަށް ވާދަކުރަނީ، ޕީއެންސީގެ ޓިކެޓުގައި އަލީ އައިމަންއާއި، އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ރަޝީދެވެ.

ޖުމްލަ ހަ ދާއިރާއެއްގެ އިންތިހާބުގެ ތެރެއިން ދެން މާދަމާ، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުން ވެސް އޮންނާނެ އެވެ.

މާދަމާގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން، ވޯޓުލުމަށް މާލެއާއި ރަށްތަކުގައި 25 ވޯޓު ފޮށި ބަހައްޓާނެ އެވެ. މާލޭގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑާއި، ޖަމާލުއްދީން ސްކޫލުގަ އެވެ. އަދި ހުޅުމާލެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ރެހެންދި ސްކޫލާއި، ކާމިލް ދީދީ ޕްރީ ސްކޫލުގަ އެވެ.

ވޯޓުލުން ކުރިޔަށް ގެންދާނީ، މާދަމާގެ ހެނދުނު 08:00 އިން ހަވީރުގެ 04:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: