ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫގެ މަސައްކަތްތަކަކީ ގުޅިގެން ކުރެވޭ ތަރައްގީގެ މަސައްކަތްތަކުގެ އަލިގަދަ ނިޝާނަކަށް ވެގެންދާނެ: މުނޫ މަހާވަރު

މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ދަތުރުގެ ތެރެއިން: ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރަށް ބޮޑެތި ކުރިއެރުންތައް އަންނާނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ބެއްލެވުމުގެ ގޮތުން ސަފީރު މުނޫވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއިއެކު ސައިޓަށް ޒިޔާރަތްކުރައްވާފައެވެ. ސައިޓުގައި ހުންނަވައިގެން ދިވެހި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ސަފީރު މުނޫވަނީ ކުރެވެމުންދާ މަަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

އޭނާ ވިދާޅުވީ ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓު ތަރައްގީކުރުމަކީ މިވަގުތު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުކަމަށެވެ. މުނޫ ވިދާޅުވީ، މި މަސައްކަތްތައް ކުރެވެމުންދަނީ އިންޑިއާގެ އެހީއާއިއެކުކަމަށާއި މަޝްރޫޢު ނިންމާލެވުމުން ރާއްޖޭގެ މުޅި އުތުރަށްވެސް އެކަމުގެ ސަބަބުން ބޮޑެތި ބަދަލުތައް އަންނާނެކަމަށް ވިދާޅުވިއެވެ.

މުނޫ ވިދާޅުވީ، މި މަސައްކަތްތައް ނިމުމުން ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރެވޭ ތަރައްގީގެ މަސައްކަތްތައް ރަމްޒުކޮށްދޭ އަލިގަދަ ނިޝާނަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: