މިއަދު ބޭއްވި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް ބައި އިލެކްޝަން އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މި ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވާފައި ވަނީ، އެ ގޮނޑި ކުރިން ތަމްސީލު ކުރައްވަމުން ގެންދެވި މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުންނެވެ.
ކައުންސިލް ބައި އިލެކްޝަނުގައި ދެން ވާދަކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ޝަމްނޫޒު މުހައްމަދު ނައީމެވެ.
އިންތިހާބުގައި އިބްރާހީމަށް 445 ވޯޓު ލިބުނުއިރު، ޝަމްނޫޒަށް ލިބިފައި ވަނީ 185 ވޯޓެވެ.
ކުޅުދުއްފުށި އުތުރުގެ އިތުރުން ދެން މިއަދު ކުރިޔަށް ގެންދިޔައީ ހެންވޭރު ހުޅަނގު ދާއިރާގެ ބައި އިލެކްޝަނާއި، މައްޗަންގޮޅި މެދު ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމުވެ.
މި ތިން ދާއިރާ ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

