ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޮޕަރޭޝަން ކުރަނގި“ ފެށިފަހުން ބިދޭސީންގެ ވޯކްޕާމިޓް ދައްކާ އަދަދަށް ބޮޑު ބަދަލެއް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ހިފެހެއްޓުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އިމްގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯކް ޕާމިޓު ނެތި މަސައްކަތް ކުރަމުންދާ ބިދޭސީން ހިފަހައްޓައި ބަލާ ފާސްކުރުމުގެ މަސައްކަތް ފެށިފަހުން ވޯކްޕާމިޓް ދައްކާ އަދަދު އިތުރުވާން ފަށާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ވޯކްޕާމިޓް ބަލައިގަތް ނިސްބަތް ވަނީ އެހެން މަސްތަކާއި އަޅާބަލައި އިތުރުވެފަ އެވެ. އެގޮތުން ކުރިން މަހެއްގެ މައްޗައް 40 މިލިއަން ރުފިޔާ ވޯކްޕާމިޓްގެ ފީގެ ގޮތުގައި ދައްކަމުން ދިޔަ ނަމަވެސް މިހާރު އެ އަދަދު ހުރީ 60 މިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިން، ގަވައިދުން ދައުލަތަށް ވޯކްޕާމިޓް ފައިސާ ދައްކަން ޖެހެއެވެ. އެހެން ނަމަވެސް އުސޫލާއި އެއްގޮތަށް ފައިސާ ދައްކަމުން ދަނީ ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި 35 އިންސައްތައެއްހާ މީހުންނެވެ.

ގަވައިދާއި ހިލާފަށް، އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރަނގި“ ޕްރޮގްރާމް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިފެހެއްޓި މީހުންގެ އަދަދު ދެހާހުން މައްޗަށް އަރަ އެވެ.

މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.

ވަރަށް ގަދަ
74%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: