ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ހަތަނެއް ބަލައި ފާސްކޮށް، ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ހިފެހެއްޓުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އިމްގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލޭގެ ތަނެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެ މީހުންގެ އަދަދުތައް ހުރީ އަންދާޒާ ވެސް ނުކުރެވޭ ހިސާބެއްގަ އެވެ. އެގޮތުން މާލޭގެ ސަރައްދުގައި އުޅޭ ބިދޭސީންގެ އަދަދު އެކަނި ވެސް ލައްކައަކުން މައްޗަށް އަރާނެކަމަށް ބެލެވެ އެވެ.

އެކި ވިޔަފާރިތަކުގެ ތެރޭގައި ބިދޭސިން އުޅޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އެ މީހުން އަތުލައިގަތުމުގެ މަސައްކަތަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގި ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މާރުކޭޓާއި، ޓޭކްއަވޭ އަދި ސެލޫންތައް ބަލައި ފާސްކޮށް ގިނަ ބަޔަކު ވަނީ ހިފަހައްޓާފަ އެވެ.

އިމިގްރޭޝަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކޮށް ބުނީ، މިއަދު ހުޅުމާލޭގެ ހަތަނެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދާ ދެ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ހައްޔަރުކޮށް ހިފަހައްޓާ މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމްގްރޭޝަނުން ވަނީ ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ރިޕޯޓު ކުރުމަށް ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި ހާއްސަ ޕޯޓަލްއެއް ވެސް ތައާރަފުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: