ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދު ބަޔަކު ނިކުމެ ވޯޓުލީ އިންތިހާބެއްގެ ނަތީޖާއަށް މާޔޫސް ވާން ނުޖެހޭ: ފައްޔާޒް

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަދު ބަޔަކު ނިކުމެ ވޯޓުލީ އިންތިހާބެއްގައި ނިކުތް ނަތީޖާއެއްގެ މައްޗަށް މާޔޫސްވެ ޝަކުވާއެއް ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް އިދިކޮޅު މައި ޕާޓީ، އެމްޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ދެ ގޮނޑިއާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް ބައި އިލެކްޝަނާއި އެކު އިއްޔެ ޖުމްލަ ހަ ދާއިރާއެއްގެ އިންތިހާބު އޮތެވެ. އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނު މި އިންތިހާބުގައި، ޕީއެންސީއަށް ގެއްލުނީ ރ. ރަސްމާދޫ ކައުންސިލްގެ އަންހެން ގޮނޑި އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 13،112 މީހުންގެ ތެރެއިން ވޯޓުލާން ނިކުތީ 3،528 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން ބަލާއިރު 27 އިންސައްތަ އެވެ.

އެމްޑީޕީއަށް އަނެއްކާ ވެސް އިތުރު އިންތިހާބެއް ގެއްލުމުން ފައްޔާޒް މަގާމުން ވަކި ކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަ ކުރި ކެންޑިޑޭޓުންނަށް ޕާޓީގެ ފަރާތުން އެކަށީގެންވާ ކެމްޕެއިނެއް ނުކުރާކަމަށެވެ.

އެމްޑީޕީގެ މަގު ޗާޓު އެކުލަވާލުމުގެ މަސައްކަތްތަކަށް ފައްޔާޒް މިވަގުތު ހުންނެވީ އަތޮޅުތެރޭގަ އެވެ. އަދި އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ވިދާޅުވީ އިންތިހާބުގައި ކެންޑިޑޭޓުން ކުރި މަސައްކަތާއި ހިތްވަރަށް ޝުކުރު އަދާކުރާކަމަށެވެ. އެކަމަކު މަދު ބަޔަކު ނިކުމެ ވޯޓު ލީ އިންތިހާބުގެ ނަތީޖާއަކާއި މެދު މާޔޫސްވާން ޖެހޭ ސަބަބެއް ނެތްކަމަށް ފައްޔާޒް ވދިާޅުވި އެވެ.

ކައުންސިލް ބައިއިލެކްޝަންތަކުގައި ވާދަކުރި މިޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް. ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް.

ފައްޔާޒް ވިދާޅުވީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް، ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިޔަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

އިންތިހާބުގައި ވޯޓުލީ، މަދު ބައެއްކަމަށް ބުނަމުން ގެންދާތީ އެކަމަށް ސަރުކާރުގެ މެމްބަރުން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދެއް ނެތް ނަމަ އެކަން ދެއްކުމަށް އެމްޑީޕީގެ މެމްބަރުން ވެސް ނިކުމެ ވޯޓު ލުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރާ، ޕީއެންސީގެ މެމްބަރުން ނިކުމެ ވޯޓު ލާފައި ވަނީ އެމަނިކުފާނަށް އެ ތާއީދާއި އިތުބާރު އޮތުމުގެ ސަބަބުންކަމަށް ވަނީ ބުނެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: