ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަން ކުރަމުންދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޝަރީފް

މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކަން ކުރަމުންދާ އުސޫލަށް ބަދަލުތައް ގެނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަން ހީނަރުވެ، މިފްކޯގެ ފިހާރަތަކުން ބައެއް ބާވަތުގެ މަހުގެ އުފެއްދުންތައް ހުސްވެފައިވާކަމަށް މީގެ ކުރިން ރިޕޯޓުތައް ކުރެވިފައިވެއެވެ. މަސްވެރިކަމުގެ ދާއިރާއިން ފެންމަތިވަމުންދާ މައްސަލަތަކަށް އަލިއަޅުއްވައި ކުރީގެ މެމްބަރު ޝަރީފްވަނީ އެކްސްއެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަސް ބާނަމުންދާ އުސޫލާއިމެދު އަލުން ވިސްނާލުން މުހިންމުކަމަށް ފެނިގެންދާކަމަށެވެ.

އެގޮތުން މަސް ބޭނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި ހަރަދުތައް ކުޑަކުރުމަށްވެސް ބަދަލުތައް މުހިންމުކަމަށް ހިއްސާކުރެއްވިއެެވެ. އޭނާ ވިދާޅުވީ، ކަމާ ބެހޭ މާހީރުންގެ މައުލޫމާތުތަކަށް ބަލާލުމުން މިހާރު ރާއްޖެއިން މަސްވެރިކަން ކުރަމުންދާ ޕޯލް އެންޑް ލައިން އުސޫލުން ކުރުމުން ބާނާ ކޮންމެ ޓަނެއްގެ މަހަކަށް 1500 ލީޓަރުގެ ތެޔޮ ހަރަދުވެގެންދާކަމަށެވެ. އެހެންނަމަވެސް ”ލޯންގް ލައިން“ އުސޫލުން އެކަން ކުރުމުން އެއް ޓަނު ކަންނެލި ބޭނުމަށް ހަރަދުވަނީ 1000 ލީޑަރު ތެޔޮކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސައިންސް އާއި ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގެ މަތިން މަސްވެރިކަމުގެ މަސައްކަތްތައް ބައްޓަންކޮށް މަސްބާނާ މިންގަނޑުތައް އިތުރުކޮށް ހަރަދު ކުޑަކުރުމަށްވެސް ފަހިވެގެންދާނެކަމަށާއި ކަނޑުގައި މަހުގެ ސްޓޮކް ދެމެހެއްޓުމުގައިވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި ދުނިޔޭގައި ބާނާ 85 އިންސައްތަ ކަންނެލި ބާނަނީ ދުޅަހެޔޮ މިންގަނޑެއްގައި ސްޓޮކް ދަމަހައްޓައިގެންކަމަށްވެސް މައުލޫމާތު ދެއްވިއިރު، ރާއްޖެއިންވެސް މިހާރު މަސް ބޭނުމަށް އަމަލުކުރަމުންދާ އުސޫލާއިމެދު އަލުން ވިސްނާލަންޖެހިފައިވާކަމަށް ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: