ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުން އައި ދެ ދަރިވަރުން ވޯޑަށް ބަދަލުކޮށްފި

އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުގައި ކިޔަވާ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ޕޮލިސް އެކަޑަމީގައި ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް، ކާނާ ވިހަވެ ހާލު ސީރިއަސް ވެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ދަރިވަރުން ހޮސްޕިޓަލުގެ ވޯޑަށް ބަދަލުކޮށްފި އެވެ.

ހިތަދޫގައި ހިންގާ އެ އެކަޑަމީގައި ގިނަ އަދަދެއްގެ ބަޔަކު ތަމްރީނު ފުރިހަމަ ކުރަމުންދާއިރު، ކާނާ ވިހަވެގެން 32 ދަރިވަރަކަށް ފަރުވާ ދޭން ފެށީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި 5 ދަރިވަރެއްގެ ހާލު ގޯސްވެ ފަރުވާދެމުން އައީ އައިސީޔޫގަ އެވެ. އަދި އެއް ދަރިވަރުގެ ހާލު ސީރިއަސްވި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިރޭ ބުނީ، ކާނާ ވިހަވެގެން ހާލު ސީރިއަސްވި، ދަރިވަރުންގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދިން ދެ ދަރިވަރުން ވެސް، މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް މައުލޫމާތު ދިނެވެ.

ކާނާ ވިހަވެގެން ފަރުވާ ދީފައި ވަނީ ޒުވާން އުމުރުގެ، ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންނެވެ.

ދަރިވަރުން ކާނާ ވިހަވީ ގޮތެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕޮލިސް ކޮލެޖުގެ ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ދަށުން މާލެއާއި، އައްޑޫގައި ވެސް ދަނީ ރެސްޓޯރަންޓު ކެފޭތައް ހިންގަމުންނެވެ.

ފުލުހުންގެ މުވައްސަސާއަށް ވަނުމަށް ޓްރެއިނިން ހަދަމުން ދިޔަ ދަރިވަރުންތަކެއް ކާނާ ވިހަވެ، ފަރުވާ ދޭން ޖެހުނު ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އެ މުވައްސަސާއިން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އެގޮތުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުން، އަދި ސަދަން ރީޖަންގެ ސިފައިން، ދާޚިލީ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލު، ރެޑް ކްރެސެންޓު، ޕަބްލިކް ހެލްތު، ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ ހާދިސާ ހިނގައިދިޔަ ގޮތް ކަމާއި ބެހޭ ފާރާތްތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: