ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 30 ދުވަސް!

ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލުމުން އެ ތަނުގައި ސަތަރި އަޅާފައި: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިންގަމުން އަންނަ ކޭއެފްސީގެ ބިއްލޫރިގަނޑަށް ގެއްލުންދީ ތަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި 30 ދުވަހު ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމުގެ އަމުރެއް ނެރެފައިވާކަމަށެވެ.

މި މައްސަލަ ރިޕޯޓު ކުރި ފަހުން ވެސް، ކޭއެފްސީގެ ބިއްލޫރިގަނޑު އިއްޔެގެ ހަވީރުގެ ވަގުތެއްގައި ތަޅާލި އެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑަށް މިފަހުން ދެ ފަހަރެއްގެ މަތީން ގެއްލުން ދީފައިވާއިރު، ތަނުގެ ފާރަށް ކަޅުތެޔޮ ވެސް ޖަހާފައި ވެއެވެ.

އިޒްރޭލަށް ވާގިވެރިވާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީއާއި، ޕިއްޒާ ހަޓް ދޮރު ކުރި މަތީ ކޮންމެ ރެއަކު ވެސް އިހުތިޖާޖުތައް ކުރިޔަށް ދެއެވެ. މި ދެ ބްރޭންޑަކީ ވެސް އިޒްރޭލަށް ވާގިވެރިވާ ބްރޭންޑުތަކާއި ވިޔަފާރިތައް ބޮއިކޮޓު ކުރުމަށް ގޮވާލައި ކުރިޔަށް ގެންދާ ބޮއިކޮޓް ލިސްޓުގައި ހިމެނޭ ވިޔަފާރިތަކެވެ.

ރާއްޖޭގައި ވެސް ކޭއެފްސީއާއި ޕިއްޒާ ހަޓް ބޮއިކޮޓު ކުރުމަށް ގޮވާލައި ތަނުގެ ބޭރުގައި ލިޔެކިއުންތައް ވެސް ހަރުކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: