ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 ރަށެއްގައި ސޯލަރ ޕީވީ ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދުމަށް އިއުލާނުކޮށްފި

ސޯލަރ ޕީވީ ހަރުކުރުުމުގެ މަސައްކަތް ކުރިއަށްދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަޝްރޫއެއް މިއަދު އިޢުލާންކޮށްފިއެވެ.

މިއީ ވާލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސައިސްޓެއިނަބަލް އެނާރޖީ – އެރައިސް ޕްރޮޖެކްޓްއިން އިން ހިންގާ މަޝްރޫޢެކެވެ. 15 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 2 ލޮޓަކަށް ބަހާލައިގެންނެވެ.

އެރައިސް މަޝްރޫޢުގެ ދަށުން 15 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

  • ލޮޓް 1 – 2 މެގަވޮޓް: ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މައިބާދޫ، ލ. މާމެންދޫ، ލ. މާވައް އަދި ލ. ދަންބިދޫ
  • ލޮޓް 2 – 13 މެގަވޮޓް: ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ.ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފޮނަދޫ

މި މަޝްރޫގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުކޮށް، 20 އަހަރުގެ މުއްދަތައް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫޢުގެ ބީލަން ކާމިޔަބުކުރާ ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތައް ވިއްކުމަށް އެއްމެ ކުޑަ ރޭޓެއް ހުށަހަޅާ އިންވެސްޓަރަކަށް/ކުންފުންނަކަށެވެ.

15 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮކްޓޯބަރ 2024 އަންގާރަ ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައެވެ. ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައެވެ.

އަމަލީ މަސައްކަތް ނިމި މި ނިޒާމުތަކުން ކަރަންޓް އުފައްދަން ފެށުމުން ޖުމުލަކޮށް މި ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 6 މިލިއަން ލީޓަރު ދަށްވެގެން ދާނެއެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 48 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެއެވެ.

އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރާއްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓްރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭރުގެ އެހީއާއި އެކު މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.

އެރައިސް މަޝްރޫއިން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މި މަޝްރޫޢުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: