ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ ކަލްކީ 2898″ ގެ އެކްޓަރުން ކަމަށްވާ އަމީތާބާއި، ޕްރަބާސް ހިންދޫންގެ ޝުޢޫރުތަކަށް އަރާގަތް ކަމުގެ ތުހުމަތުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންގްރެސްގެ ކުރީގެ ލީޑަރު އަޗަރިޔާ ޕްރަމޯދު ކްރިޝްނާމް ހޮނިހިރު ދުވަހު ވަނީ ދާދި ފަހުން ރިލީޒްކުރި ފިލްމު ކަލްކީ 2898 އޭޑީގެ ޕްރޮޑިއުސަރުންނާއި އެކްޓަރުންނަށް ގާނޫނީ ނޯޓިސްއެއް ފޮނުވައިފަ އެވެ.

އެ ނޯޓިސް ފޮނުވާފައި ވަނީ ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރު އަމީތާބް ބައްޗަން އާއި ސައުތު ފިލްމީ އިންޑަސްޓްރީގެ މަޝްހޫރު، ޕްރަބާސްއަށެވެ.

އަޗަރިޔާ ޕްރަމޯދު ކްރިޝްނާމް އޭނާގެ ފޮނުވި ގާނޫނީ ނޯޓިސްއާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ މި ފިލްމުން ހިންދޫންގެ ދީނީ ޝުއޫރުތަކަށް އަނިޔާވެފައިވާ ކަމަށެވެ.

“. މި ފިލްމަކީ އަޅުގަނޑުމެންގެ ދީނީ ޝުޢޫރުތަކަށް އަނިޔާކުރަމުންދާ ފިލްމެއް. އެހެންކަމުން ބައެއް އިއުތިރާޒުތައް އަޅުގަނޑުމެން ފާހަގަކޮށް ޖަވާބެއްގެ އިންތިޒާރުގައި މިތިބީ. ހިންދޫންގެ ޝުޢޫރުތަކާ ކުޅުމަކީ ފިލްމު އުފައްދާ ފަރާތްތަކުގެ ކުޅިވަރަކަށް ވެއްޖެ. ސާހިބުން ސިފަކޮށްފައިވަނީ ޖިންނިންގެ ގޮތުގަ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނައަކީ އަހަރެމެންގެ އީމާންތެރިކަމާ ކުޅެވޭނެ ކަމަކަށް ނުވާނެ،” އަޗަރިޔާ ޕްރަމޯދު ކްރިޝްނަމް އިތުރަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: