ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަނީ

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

މިއީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. އެޗްޑީސީއިން މައުލޫމާތު ދިން ގޮތުގައި އަންނަ ހޮނިހިރު ދުވަހު އާންމުންނަށް މި މަގު ހުޅުވާލާނެއެވެ.

އެޗްޑީސީއިން ބުނީ މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ. އެ މަގުވެސް ހޮނިހިރު ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލެވޭނެކަމަށް ބުންޏެވެ.

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެންނައުމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ޓްރެފިކްގެ މައްސަލަތައްވެސް ހައްލުވާނެކަމަށް އެޗްޑީސީއިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ދެން ބަދަލު ގެންނަ ބާކީ 10 ސަރަހައްދުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށްފައިވާއިރު، ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް އެޗްޑީސީއިން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: