ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާ މައްސަލައަށް އާންމުންގެ ހިޔާލު ހޯދަނީ!

ރައްޔިތުންގެ މަޖިލީސް. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އިތުރުވުމަށް ހައްލެއް ގެނައުމަށް މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމަށް ހުށަހެޅި ޤަރާރަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މަޖިލީހުން ވަނީ މިކަމާއި ގުޅިގެން އިއުލާނެއް ނެރެެފައެވެ. އިއުލާނުގައި ބުނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ޤަރާރަށް އާންމުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

ރާރަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޖިލީހުގެ މިނވަން މުއައްސަސާތަކުގެ ކޮމިޓީގެ މެއިލް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލިސްތަކުގެ މެންބަރުންގެ އަދަދު، ކޮންމެ ފަސް އަހަރަކުން އިދާރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެއީ 2008 އޮގަސްޓް 7 ގައި ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ވުޖޫދުކޮށްފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށްދާ އުސޫލެއް ކަމަށް ގަރާރުގައިވެއެވެ.

މެންބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ދިވެހި ގައުމުގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަން ފާހަގަކޮށް ގަރާރުގައި ބުނީ، އެހެންކަމުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ގަރާރުގައި ބުނީ މިއީ ރައްޔިތުންގެ މެދުގައި ނުހަނު ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި ވަގުތާ ހާލަތާ ގުޅޭފަދަ ހެޔޮ ބަދަލެއް އެކަމުގައި ގެނެއުމަށް މަޖިލީހުގައި ބަހުސް ކޮށް، މެންބަރުން ސީދާ މިކަމާމެދު ދެކޭ ގޮތް ހާމަކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި އެ ގަރާރަށް ބަހުސްކޮށް މެންބަރުންގެ ޚިޔާލާ ރައުޔުތައް ހާމަވެގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ދެކޭކަމަށެވެ.

މި ގަރާރުގެ ބަހުސްގައި، ބަހުސްގައި ބައިވެރިވެވަޑައިގެން ހުރިހާ މެންބަރުންވެސް ވަނީ އަދަދު ކޮންޓްރޯލް ކުރަން ޖެހޭކަމަށް އެއްބަސްވެވަޑައިގެންފައެވެ. މެންބަރުންގެ އަދަދު އިތުރުވަމުން އައުން ނިމުމަކަކަށް ގެނެވެން އެބައޮތްކަމަށާއި، އޭގެ ތެރޭގައި ގާނޫނުގައި އޮތް އިދާރީ ދާއިރާތަކަށް 5000 މެންބަރުންކަމަށް ބުނާ މާއްދާ، 10،000 އަށް ބަދަލު ކުރުން ހިމެނޭކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ޕާލިމެންޓް އެކުލަވާލެވިފައިވާ ގޮތް މެންބަރުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: